ޚަބަރު

ބަލިވެގެން ސުކޫލަށް ނުދިޔަ އަލިފުށީ ދަރިވަރުންގެ ކޮވިޑް ސާމްޕަލްތައް ނައްސި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
އަލިފުށީގައި ގަދަ ރޯގާއެއްވަނީ ފެތުރެން ފަށާފައި -- ފޮޓޯ/އަލިފުށި ފޭސްބުކް ޕޭޖް

ރ އަލިފުށިން ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި 44 ރެންޑަމް ސާމްޕަލްގެ ނަތީޖާ ނައްސި ވެއްޖެއެވެ.

Ads by STELCO

އެ ރަށުން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގައިފައި ވަނީ އެރަށުގައި ރޯގާއެއް ފެތުރި ގިނަ އަދަދެއްގެ ދަރިވަރުންތަކެއްް ސުކޫލަށް ހާޒިރުނުވުމާ ގުޅިގެންނެވެ. އެގޮތުން އެރަށުން ފާއިތުވެ ދިޔަ ހަފްތާގެ ގިނަ ދުވަސްތަކުގައި ކޮންމެ ދުވަހަކު ވެސް 100 އަށް ވުރެ ގިނަ ކުދިން ސުކޫލަށް ހާޒިރު ނުވެއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭގެ ލަފައާއެކު އެއަތޮޅު ވެރިކަން ކުރާ އުނގޫފާރުގެ ޓީމެއް މިދިޔަ ބުދަ ދުވަހު އަލިފުށްޓަށް ގޮސް ވަނީ ރެންޑަމް ސާމްޕަލް ތަކެއް ނަގައިފައެވެ.

އަލިފުށީގައި އާދަޔާ ޚިލާފަށް ރޯގާ ފެތުރުމާ ގުޅިގެން އަލިފުށީ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކަން އަންނަ ކުދިންގެ އަދަދު އިންތިހާ އަށް އިތުރުވެފައިވާއިރު، އެއްވެސް ކުއްޖެއްގެ ހާލު ދެރަ ނޫން ކަމަށް އަލިފުށީ ހެލްތު ސެންޓަރުގެ އާއާރުޓީ ގެ ބޭފުޅެއް ކަމަށްވާ އާމިނަތު މޫސާ ވަނީ "ދެން" އަށް މައުލޫމާތު ދީފައެވެ.

މީގެ އިތުރުން އެރަށުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި ބަލީގެ އެއްވެސް އަލާމާތެއް ވާނަމަ ދަރިވަރުން ސުކޫލަށް ނުފޮނުވުމަށް އެންގުމުގެ އިތުރުން، ރަށުތެރެ ހިރަފުސް ވުމުގެ ސަބަބުން ރަށުގެ މަގުތަކަށް ފެން ޖެހުމުގެ ގޮތުން ކުރެވޭނީ ކޮން ކަންތައްތަކެއްތޯ މަޝްވަރާ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުންނަ ފަރާތެއް ވާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުކުމެ ނޫޅުމަށް ހެލްތު ސެންޓަރުން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!