ޚަބަރު

ރ.އަތޮޅުގެ 13 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމް މިއަހަރު ހަރުކުރަން ފަށާނެ: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރ.އަތޮޅުގެ 13 ރަށެއްގައި އިއާދަ ކުރަނިވި ހަކަތަ އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް މިހެން ވިދާޅުވެފައި ވަނީ ވެރިކަންކުރާ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ރ. އަތޮޅުގެ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރ. އަތޮޅުގެ 13 ރަށެއްގައި މިއަހަރު 3.9 މެގަވޮޓުގެ ސޯލާ ޕެނަލްތައް ހަރުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ރ. އަލިފުށީގައި ހަރުކުރާ 400 ކިލޯވޮޓުގެ ސޯލާއާއި ރ.ރަސްގެތީމާއި އަނގޮޅިތީމު އަދި ފައިނުގައި ހަރުކުރާ 250 ހުޅުދުއްފާރުގައި ހަރުކުރާ 250 ކިލޯވޮޓުގެ ސޯލާ ޕެނަލް ހިމެނެއެވެ.

އަވިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢު މިއަހަރު 61 ރަށެއްގައި ފެށުމަށް ނިންމަވާފައިވާކަން ސަރުކާރުން މީގެ ކުރިން ވަނީ ހާމަ ކުރައްވާފައެވެ. އަދި މާލެ ޞަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ހުޅުމާލޭގައި ހެދި 50 މެގަވޮޓުގެ އިންޖީނުގެއިން މިދިޔަ އަހަރު ހުޅުމާލެއަށް ކަރަންޓު ދޭން ފަށާފައިވެއެވެ. ހުޅުމާލެއާއި ހުޅުލެ އަދި މާލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި، މިހާރު އަޅަމުން އަންނަ ކަރަންޓު ކޭބަލްގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!