ދުނިޔެ

ރޭޕްކޮށް މަރާލާފައި، ޕާކިސްތާނުގެ މިސްކިތެއްގެ ފުރާޅުމައްޗަށް ފިރިހެން ކުއްޖަކު އެއްލާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރޭޕްކޮށް މަރާލާފައި އޮތް އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު، ޕާކިސްތާނުގެ މިސްކިތެއްގެ ފުރާޅުމަތިން ފެނިއްޖެއެވެ.

Ads by Sosun Fihaara

އެކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ޕާކިސްތާނުގެ ސުކޫރް އަވަށުގައި ހުރި މިސްކިތެއްގެ ފުރާޅުމަތިން، މިދިޔަ ހޮނިހިރު ދުވަހުއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އެކުޑަ ކުއްޖާ މަރާލުމުގެ ކުރިން ވަނީ އޭނާއަށް އަނިޔާކޮށް، ރޭޕް ވެސް ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

އާއިލާއިން ބުނި ގޮތުގައި، މަރާލާފައިވާ ކުޑަ ކުއްޖާ ގެއްލިފައި ވަނީ ހުކުރު ދުވަހު މަޣްރިބް ނަމާދަށް ދިޔަ ފަހުންނެވެ. އޭގެ ފަހުން އެކުއްޖާގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ، ހޮނިހިރު ދުވަހުގެ މެންދުރެއްހާއިރު ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މަރާލާފައިވަނީ ގްރޭޑް 7 ގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ ކުއްޖެއް ކަމަށާއި އެކުއްޖާ ރޭޕް ކޮށްފައި ވަނީ މިސްކިތް ތެރޭގައި ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަތް މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހަކު ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!