އަންނަ ހުކުރު ދުވަހު ވެސް މުޒާހަރާއަށް ނުކުންނާނަން: އިދިކޮޅު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަ ހުކުރު ދުވަހު ވެސް މުޒާހަރާއަށް ނުކުންނާނެ ކަން އިއުލާން ކޮށްފިއެވެ.
އެ ކޯލިޝަނުން އެކަން އިއުލާން ކޮށްފައި ވަނީ މިއަދު އެކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެގޮތުން އެ ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއަރމަން ކުރީގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ މި މަހުގެ ބާރަ ވާ ހުކުރު ދުވަހު ވެސް އިދިކޮޅުން ބާއްވާ ބޮޑު އިހުތިޖާޖު އޮންނާނެ ކަމަށެވެ،.
ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ނުކުންނަނީ ސަރުކާރު ވައްޓާލަން ނޫން ކަމަށާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ސަރުކާރާ މަޝްވަރާ ކޮށްގެން ވެސް ނުވުމުން ކަމަށެވެ. އަދި މުޒާހަރާ ކުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްޤެއް ކަމަށާއި އެހެންކަމުން ގައުމުގެ އަމަންއަމާންކަން ބަލަހައްޓަން ތިބޭ ފަރާތްތަކުން ވެސް އެކަމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މުޒާހަރާއަށް ހުރަސް އެޅުމަށް ފުލުހުން ކުރާ މަސައްކަތަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށެވެ.
ވަރައްބަރާބަރު ….ނިކުމެގެންނޫނީވާކައްނެއް…ރައްޔިތުންހަނާވަނީ…