ބޮލީވުޑް

ބޮބީ ޑިއޯލް، 2006 ވަނަ އަހަރު ކުޅުނު ފިލްމެއްގައި އެއަރޕޮޑް ބޭނުން ކުރި؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކުރީގެ ބޮލީވުޑް މަޝްހޫރު ތަރި ބޮބީ ޑިއޯލް، 2006 ވަނަ އަހަރު ކުޅެފައިވާ ފިލްމަކުން އެއަރޕޮޑެއް ޖަހައިގެން ކުޅެފައިވާ މަންޒަރު މީސް މީޑިއާގެ އެކި މަންސަ ތަކުގައި ދައުރުވާން ފަށައިފިއެވެ.

Ads by Sosun Fihaara

މީސްމީޑިއާގައި ފަހަކަށް އައިސް ދައުރުވަމުން އަންނަ މި ފޮޓޯގައި އޭނާ ހުންނަނީ އެއަރޕޮޑު ޒާތެއްގެ އެއްޗެއް ޖަހައިގެންނެވެ. އެހެން ނަމަވެސް އެއީ އެޕަލްގެ ބްރޭންޑެއް ނޫން ކަން އެ ފޮޓޯއަށް ބަލާލި މީހަކަށް އެނގިގެން ދާނެއެވެ.

މީގައި ހައިރާން ވާންވީ ސަބަބަކީ، 2006 ވަނަ އަހަރު ކުޅެފައިވާ ފިލްމެއްގެ މަންޒަރަކުން، މާ ފަހަކުން ވުޖޫދަށް އައި އެއަރޕޮޑް ނުވަތަ އެއަރބަޑް ޒާތުގެ އެއްޗެއް ބޭނުން ކުރެވިފައިވާ ވާތީއެވެ. މި މަންޒަރުގެ ސްކްރީންޝޮޓެއް ނެގުމަށް ފަހުގައި ޓުވިޓާގައި އެތައް ބަޔަކު ވަނީ އެ ފޮޓޯ ހިއްސާ ކޮށްފައެވެ.

ފޮޓޯ ހިއްސާ ކުރަމުން އެމީހުން ބުނަނީ ބޮބީ ޑިއޮލްއަކީ “ޓްރޫ ވިޒަނަރީ” އެއް ކަމަށެވެ.

ބޮބީ ޑިއޮލް އަކީ ބޮލީވުޑްގެ ކުރީގެ ފިލްމުތަކުން ފެނިގެން ދިޔަ މަޝްހޫރު ފަންނާނެކެވެ. ފަހަކަށް އައިސް ބޮލީވުޑުގެ ފިލްމަކުން ބޮބީ ޑިއޯލް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް ބޮބީ ޑިއޯލް އަކީ މިއަދު ވެސް އަދި އޭރު ވެސް ގިނަ އަންހެން ކުދީންގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ އެކުދިންގެ “ފޭވަރިޓް” އެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!