ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ފްލެޓް ކޮމިޓީއަކަށް ނުނެރެވޭނެ: ނަޝީދު
ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ފެއްޓެވި ހައުސިން ޔުނިޓް މަޝްރޫއުން، ފްލެޓް ދީފައިވާ ގޮތް ބެލުމަށް އެކުލަވާލި ފްލެޓް ކޮމިޓީ އަށް، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނުނެރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ޖަލްސާގައި ހިޔާ ފުލެޓުގެ ދާއިމީ ލިސްޓު ފުލެޓު ކޮމިޓީން ޢާންމު ކޮށްފައި އޮތް ނަމަވެސް އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފުލެޓު ދިނުމުގެ ކުރިން މިނިސްޓްރީން ބަލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އަސްލަމް ވިދާޅުވުމާ ގުޅިގެން ނަޝީދު ވިދާޅުވީ ފުލެޓު ލިބޭނެ ފަރާތްތައް ކަނޑައެޅުމަކީ ފުލެޓު ކޮމިޓީގެ ޒިންމާއެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީން ފްލެޓް ހައްގު ވާކަމަށް ކޮމެޓީން 1001 މީހެއްގެ ނަން ހިމަނާފައިވާ ކަމަށެވެ.
"އެހެންކަމުން މިދެންނެވި 1001 މީހުންގެ ތެރޭގައި އިތުރު ފްލެޓް އަދި ހައުސިންއެއް ހުރި މީހުން ވެސް އެބަ ހިމެނޭ. ދިރިއުޅުމުގެ ފެންވަރު ވަރަށް ރަނގަޅު މީހުން އެބަ ހިމެނޭ. މިހެން ގޮސް މި 1001 މީހުންގެ ތެރޭގައި ވަރަށް ބައިވަރު ފެންނަ ފެނުމުގަ ބޭއިންސާފު ފެނިގެން އެބަދޭ”ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ހައްގުވާކަމަށް ފްލެޓް ކޮމެޓީން ކަނޑައަޅާފައިވާ މީހުންނަކީ ހަގީގަތުގައި ފްލެޓް ހައްގުވާ މީހުންތޯ ނުވަތަ ނޫންތޯ އެއީ މަޖިލީހަށް މިނިސްޓަރު އަސްލަމްއަށް އަރުވާނެ ލަފައެއް ކަމަށެވެ.
ތިކަން އަދިކިރިޔާތަ އެނގުނީ މީގެ 2 އަހަރު ކުރިން ނިމިފަ ހުރި ފުލެޓެއް އަދި ވެސް ނުދެވިގެން ތިއުޅެނީ މިހާރު ވޯޓުގެ ބޭނުމުގަ ރައްޔިތުންނަށް މާރަންގަޅު ވާންވެގެން ދައްކާ ހުސް ފޮނި ވާހަކަ . ދެން މި ކިޔާފަ އޭނަގެ ބައިގަނޑަށް އަދިވެސް ވޯޓު ދޭތި ވާނުވާ ނޭންގޭ ރައްޔިތުންތައް.