ޚަބަރު

އެއް ކޮޓަރީގެ ފްލެޓް އެޅުމަކީ މި ސަރުކާރުގެ ޕްލޭންގައި ހިމެނޭ ކަމެއް ނޫން: ރައީސް ޞާލިޙް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެއް ކޮޓަރީގެ ފްކެޓް އިމާރާތް އެޅުމަކީ ސަރުކާރުގެ އަމާޒެއް ނޫން ކަމަށާއި ނަމަވެސް ކުރީ ސަރުކާރުން ހަވާލު ކޮށްގެން އެއް ކޮޓަރީގެ ފްލެޓް ސަރުކާރުގެ ކުންފުނި ތަކުން އަޅާނަމަ ސަރުކާރުން އެ ފްލެޓްތައް ގަންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި އެއް ކޮޓަރީގެ ފްލެޓް އެޅުން ނެތް ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި، ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ތަކާ ފްލެޓް އަޅަން ހަވާލު ކުރި ކަމަށެވެ. އެގޮތުން 15 ކުންފުންޏަށް މަސައްކަތް ހަވާލު ކުރި ނަމަވެސް މަސައްކަތް ކުރިއަށް ދަނީ ހަމައެކަނި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި އެމްއޭސީއެލުން ވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރިއަށް ގެންދާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެމްޑަބްލިޔުއެސްސީގެ ފްލެޓްތައް ސަރުކާރުން ނަގާނެ ކަން މިހާރު ވެސް އަންގާފައިވާނެ ކަމަށާއި އަދި ސްޓެލްކޯގެ ވެސް އެއް ކޮޓަރީގެ ފްލެޓް ހުރި ނަމަ ސަރުކާރުން އެ ފްލެޓްތައް ނަގާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!