ޚަބަރު

ރައީސް ޞާލިހު ރަސްމީ ދަތުރުފުޅެއްގައި ގަތަރަށާއި ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގަތަރަށާއި ބަންގްލަދޭޝްއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

Ads by Hajj Corporation

މިކަން ހާމަ ކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ގަތަރަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދަތުރުގައި އަވަށްޓެރި ބަންގްލަދޭޝްއަށް މިމަހުގެ 15 ވަނަ ދުވަހު އެމަނިކުފާނު ޒިޔާރަތް ކުރެއްވުމަށް ނިންމާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ

ރައީސް ގަތަރަށް ވަޑައިގަންނަ ވަނީ ގަތަރާއި ރާއްޖެއާ ދެމެދު އަލުން ގުޅުން ބަދަހި ކުރެއްވުމަށް ކަމުގައި ވެސް މަބްރޫކްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. ގަތަރާއި ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން ރާއްޖެއިން ކަނޑާލީ 2017 ވަނަ އަހަރުގައެެވެ.

އެއަހަރު ގަތަރާއެކު އޮތް ގުޅުން ކަނޑާލީ ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ދަށުން ކަމަށް އޭރު ސަރުކާރުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!