ޚަބަރު

ކޮވިޑް-19: ރާއްޖެއިން ފައްސިވީ އަދަދު މިއަދު ވެސް 100އިން މަތީގައި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 110 މީހުން ފައްސިވެ 106 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 84 މީހުންނާއި، އަތޮޅުތެރެއިން 2 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 24 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 21،144 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 18،534 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާވެފައި ވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 164 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 562،454 ސާމްޕަލް ނަގައިފައި ވެއެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމަށްފަހު، މިއަދު މިވަނީ އަދަދު ތަންކޮޅެއް ދަށަށް ގޮސްފައެވެ.

އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް މަޖުބޫރު ކޮށްފައިވާއިރު، ފަސް މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

Ads by HDC
  1. އައިމަން

    ވެކްސިންޖެހީމަ ވާކަމެއްެނެއް….މަޖިލިސްތެރޭގަ ކޮވިޑެއްނެއް…ހިނިއަންނަނީ…