ދުނިޔެ

އެއްވެސް ކުށަކާނުލާ އިޒްރޭލު ސިފައިން ޤުދުސްގެ ދީނީ ޢިލްމުވެރިއަކު ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޒްރޭލު ސިފައިން ޤުދުސްގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝެއިޚް އިކްރީމާ ސަބްރީ، އެއްވެސް ކުށަކާނުލާ ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާގޮތުގައި އިޒްރޭލު ސިފައިން ޝެއިޚް އިކްރީމާ ހައްޔަރު ކުރީ، ޤުދުސްގައި ހުންނަ އެމަނިކުފާނުގެ ގެކޮޅުންނެވެ.

މަސްޖިދުލް އަޤްޞާ ގައި ދީނީ ދަރުސް ވެސް ދެއްވަވާ ޝެއިޚް އިކްރީމާ ހައްޔަރު ކުރީ، މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. ޝެއިޚް ހައްޔަރުކުރީ، ހައްޔަރު ކުރާ ސަބަބެއް ވެސް ބަޔާން ނުކޮށް ކަމަށް އެއާއިލާގެ މީހަކު ވަނީ އަނަޑޮލު ނޫސް އޭޖެންސީ އަށް މައުލޫމާތު ދީފައެވެ.

މިއީ ޝެއިޚް އިކްރީމާ ހައްޔަރުކުރި ފުރަތަމަ ފަހަރު ނޫން ކަމަށާއި، މީގެ ކުރިންވެސް އެތައް ފަހަރެއް މަތިން ޝެއިޚް ހައްޔަރު ކުރި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި، ޝެއިޚް އިކްރީމާ މަސްޖިދުލް އަޤްޞާ އަށް ވަނުން ވެސް މަނާ ކުރި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އާއިލާއިން މައުލޫމާތު ދިން މީހާއާ ހަވާލާދީ ރިޕޯޓްތައް ބުނި ގޮތުގައި، ޝެއިޚް އިކްރީމާ ހައްޔަރު ކުރަން އިޒްރޭލު ސިފައިންގެ 66 އަށްވުރެ ގިނަ ސިފައިން ޝެއިޚްގެ ގެކޮޅު ކައިރިއަށް ގޮސް ވަށާލިއެވެ. އެހުރިހާ ސިފައިން ވެސް ތިބީ ހަތިޔާރާއެކުކަން މައުލޫމާތު ދިން މީހާ ފާހަގަ ކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!