އެޗްޕީއޭއަކީ އަޅުގަނޑު އިތުބާރު ކުރާ ޖަމާއަތެއް ނޫން، މޮޑޭ ފުށް ގަނޑެކޭ އެޗްޕީއޭ އެކޭ ތަފާތެއް ނެތް: ޒައިދު
އެޗްޕީއޭއަށް އިތުބާރު ނުކުރައްވާ ކަމަށާއި އެތަނުގެ އަގު ވެއްޓިއްޖެ ކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅުމާ ގުޅިގެން ޒައިދު ވިދާޅުވީ އެޗްޕީއޭގެ އަގު ވެއްޓިއްޖެ ކަމަށެވެ.
“އެޗްޕީއޭއަކީ މިހާރު އެއްވެސް ވަރަކަށް އަޅުގަނޑު އިތުބާރު ކުރާ ޖަމާއަތެއް ނޫން ކަމުގައި ހިތާމަޔާއެކު ދަންނަވަން. މޮޑޭ ފުށްގަނޑެކޭ އެޗްޕީއޭ އެކޭ ނެތް ތަފާތެއް. މުޅިން އަގު ވެއްޓިއްޖެ. ސިޔާސީ މީހުންނަށްޓަކާ އެނގި ތިބެ ގޯސް ނުހައްދަވާ” ޒައިދު ވިދާޅުވިއެެވެ.
އެޗްޕީއޭއިން ރޭގެ ވަގުތެއްގައި ނެރުނު އެ އުސޫލުގައި ބުނެފައި ވަނީ ކެނޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި އަމަލު ކުރަން ވާނީ އެ އޭޖެންސީން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށެވެ. އަދި ތާއީދު ހޯދުމަށް ކެމްޕޭން ދަތުރުތައް ކުރަން ވާނީ އެ އޭޖެންސީން އެކަމަށް ހާއްސަކޮށް ކަނޑައަޅާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.
އެ އުސޫލުގައި އިތުރަށް ބުނެފައި ވަނީ އެޗްޕީއޭ އިން އާންމު ކުރާ ގައިޑްލައިނާ ޚިލާފު ވެއްޖެ ނަމަ އެ ކެނޑިޑޭޓަކަށް ނުވަތަ ފަރާތަކަށް ތާއީދު ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ އެ އޭޖެންސީގެ ކަރަންޓީނު ކުރުމުގައި އަމަލު ކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މިކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ނުރުހުން ފާޅު ކުރަމުންނެވެ.
ތިޔައީ ވަރަށް ބޮޑު ތެދެއް.
ބަލިފަތުރަން ތައްޔާރުވަނީ.
އެޗްޕީއޭ ފެއިލްވެއްޖެ…ސަރުކާރުފެއިލްވެއްޖެ…..ދެންމާގިނަަދުވެހެއްނުވާނެ ނިމުން އަންނާކައް…..