އަންބަރާއަށް ދިޔަ މީހުން ޖޫރިމަނާ ކުރީ ދޯނީގެ ޖާގައިގެ މިންވަރަށް ވުރެ އިތުރަށް މީހުން ދަތުރު ކުރުމުން: ފުލުހުން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލާ ހިލާފަށް ވ. އަންބަރާ އަށް ދިޔަ 95 މީހަކު ފުލުހުން ޖޫރިމަނާކުރީ އެ މީހުން ދަތުރުކުރި ދޯނީގެ ޖާގައަށް ވުރެ އިތުރަށް މީހުން ދަތުރު ކުރުމުން ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
އަންބަރާއަށް ދިޔަ 95 މީހުން ޖޫރިމަނާ ކުރިކަން ހާމަކުރުމާއެކު ބައެއް ފަރާތްތަކުން ވަނީ އެމީހުން އަންބަރާއަށް ދިޔައީ މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ކަމަށް ބުނެ ހަބަރު ފަތުރާފައެވެ.
މި ވާހަކަތައް ދޮގުކޮށް ފުލުހުން ވިދާޅުވީ މި މީހުން މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ނުކުރެވޭތީ އެކަމަށް ޓެސްޓުކޮށްފައި ނުވާ ކަމަށާއި ދޯނި މަތިން ވެސް އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.
އަދި މި މައްސަލައިގައި ތަހުގީގު ކުރަމުން އަންނަނީ ދޯނީގެ ޖާގައަށް ވުރެ އިތުރަށް އެ ދޯނީގައި މީހުން ދަތުރުުކުރި މައްސަލަ ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މާލެ އިން ފުރައިގެން އަންބަރާއަށް ހުއްދަ ނެތި ދިޔަ 95 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އަދި އެމީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އެމީހުން ދިޔަ އުޅަނދަށް މީހުން އަރުވާފައި ވަނީ އެ އުޅަނދަށް ކަނޑައެޅިފައި އޮތް އަދަދަށް ވުރެ އިތުރަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ފަހު، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައި، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގައި އެހީތެރިވުމަށް އާންމުންގެ ކިބައިން އެދިފައެވެ.
ޢަސްލު މިހާރު ފުލުހުންގެ ބަލާ ހަމަ ބޮޑީ.
ވަރައް ރަނގަޅު. ކުޑަހެންވޭރު މީހުން މުހާރު ހަރުކަށި ފިކުރުގެ މީހުންނަށް ވެއްޖެ. އަހަރެމެން އެމްޑީޕީން ބޭނުންވަނީ އަހަރުމެން ފިކުރުގެ މަޖާކޮށްލާ ޒުވާނުން.
މީހަކު 5 ވަގުތު ނަމާދެއް ކޮށްފިއްރާ މިއޮއް ކުރާ ބާާރެއްދޯ ބުރިޔަށް.