ހުޅުމާލޭގައި ޕާކް ކޮށްފައި ހުރި ސައިކަލެއް ބަލައި ފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައިފި
ހުޅުމާލޭގައި ޕާކް ކޮށްފައި ހުރި ސައިކަލެއް ބަލައި ފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިމަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފްލެޓް 53 ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލެއް ބަލައި ފާސް ކުރިއިރު، ސައިކަލް މަޑިދަށުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅާއި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 15 ދަޅާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައި ވެއެވެ.
މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. މިމައްސަލަ ހުޅުމާލެ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.