އައްޑޫގައި ހުންނަ އެސްޓީއޯ ފިހާރައެއް ފަޅާލައިފި
އައްޑޫގައި ހުންނަ އެސްޓީއޯގެ ފިހާރައެއް ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ. މަރަދޫ ފޭދޫގައި ހުރި އެސްޓީއޯ ފިހާރަ ފަޅާލާފައި ވަނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ އެސްޓީއޯ ފިހާރަ ފަޅާލައި، ވައްކަން ކޮށްފައި ވަނީ ފިހާރައިގެ ތިޖޫރީ ހަލާކު ކޮށްލައިގެން ކަމަށެވެ.
އަދި މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ބެލި ބެލުމުން ވަގަށް ނަގައިފައިވާ ކަމަށް ބެލެވެނީ 7000ރ. ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓު ކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
Ads by Allied Insurance