ދީން

ނިޔާވި ފިރިމީހާގެ 30 އަހަރުގެ ޕެންޝަން ފައިސާ ހޭދަ ކުރީ ﷲގެ ގެކޮޅެއް ބިނާ ކުރުމަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސައުދީ އަރަބިއްޔާގެ އަންހެނަކު އޭނާގެ ފިރިމީހާ ނިޔާވުމުން ފިރިމީހާގެ ޕެންޝަން ރުފިޔާ 30 އަހަރު ވަންދެން އެއްކޮށްގެން މިސްކިތެއް ބިނާ ކޮށްފިއެެވެ.

Ads by STELCO

މި ޚަބަރު އާންމުކުރި މި އަންހެން މީހާގެ ދަރިފުޅު، މުހައްމަދު އަލް ހާބީ ވަނީ ބައްޕަގެ 30 އަހަރުގެ ޕެންޝަންގެ ފައިސާ ޚަރަދު ކޮށްގެން އެފަދަ މަތިވެރި މަސައްކަތެއް ކުރީތީ މަންމައަށް ޝުކުރު އަދާ ކޮށްފައެވެ.

އަލްހާބީ ވަނީ މަންމަ ބިނާ ކުރި މިސްކިތުގައި އެމަންމަ ހުރި ފޮޓޯއެއް ހިއްސާ މީޑިއާގައި ހިއްސާ ކޮށްފައެވެ. މި ޕޯސްޓަށް ގިނަ ބަޔަކު ތައުރީފް ކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ އެ އަންހެން މީހާއާ އޭނަގެ ފިރިމީހާ ޖަންނަތުގައި އެކުގައި ވުމަށް ދުއާ ކޮށްފައެވެ.

އެންމެ ހެޔޮވެގެންވާ އަމަލުތަކުގެ ތެރޭގައި ﷲގެ ގެކޮޅުތައް ބިނާ ކުރުން ހިމެނެއެވެ. އެގޮތުން  ހެޔޮ ނިޔަތުގައި މިސްކިތެއް ބިނާ ކުރާ މީހަކަށް ޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކުރައްވާނެ ކަމަށް ﷲ ތަޢާލާ ވައުދުވެ ވޮޑިގެންފައި ވެއެވެ. އަދި މިސްކިތް ބިނާކުރުން ހިމެނިގެންވަނީ ދެމިގެންވާ ޞަދަޤާތުގެ ތެރޭގައެވެ. އެގޮތުން މިއީ އެކަމުގެ ސަބަބުން އޭނާ މަރުވެ ދިއުމަށްފަހު ވެސް އޭނާއަށް ސަވާބު ލިބިލިބި ހުންނަ އަމަލެކެވެ.

Ads by Ooredoo
  1. ފާތުން

    މާޝާﷲ