ޚަބަރު

ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް ވެސް ޤައުމު ތަރައްޤީ ކުރެވޭނެ: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ވެސް ތަރައްޤީ ޙާސިލު ކުރެވޭނެ މަގު އެބައޮތް ކަމަށާއި ރާއްޖެއިން އެފަދަ ގޮތްތައް ޚިޔާރު ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މޫސުމަށް އަންނަ ބައްދަލުވުމާ ބެހޭ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ހަމައެކަނި ރާއްޖެއަށް ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން ވަކާލާތު ކުރުމުގެ ބަދަލުގައި ޤައުމުތަކުން ތިމާވެށި ޙިމާޔަތް ކުރުމަށް ޢަމަލު ކުރަންވީ ޕްލޭންތައް ތައްޔާރުކޮށް އެފަދަ ޕްލޭންތަކަށް ބާރުއަޅާ ޤައުމަކަށް ރާއްޖެ ބަދަލުވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބައޮތް ފެނު ތެރޭ އުޅެވޭނެ ގޮތް. ފްލޯޓިންގ ހައުސިންގ ވަރަށް ކާމިޔާބުކަމާއެކު އެބަދޭ ކުރިއަށް. އެކަމުގެ ނަތީޖާވެސް ރަނގަޅު. މިދަނީ އެދިމާލަށް މިހާރު. ފަރުތަކާއި ބިން ނުހިއްކާ ވެސް އެއަރޕޯޓު އެޅޭނެ. އެމިސްރާބަށް ދާން އެބަޖެހޭ. ހަމައެކަނި އިނގޭ ކަންކަމަށް އެކަނި ބަރޯސާވެގެން ތިބެގެން ނުވާނެ. އެގޮތަށް ތިބެންޏާ ރާއްޖެ ވެސް އަދި މުޅި ދުނިޔެ ވެސް އަޅުގަނޑުމެނަށް ސަލާމަތެއް ނުކުރެވޭނެ." ނަޝީދު ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ޙަސަން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރާއްޖެ ފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ޤައުމަކުން ތިމާވެއްޓަށް ގެއްލުން ނުވާނޭ ގޮތަށް ތަރައްޤީ ގެނައުމަށް އިސްނަގަން ޖެހޭ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

Ads by HDC
  1. ޢީސަދަރި

    ޖެހިފޮޑި ތޔަ ވަންނީ ފޫކޮލަށް. ކުރިން މައުމޫނަށް މަލާމާތް ކުރީ ތިމާވެއްޓަށް މަސައްކަތް ކުރާތީ. މޭން ފޮރ އޯލް ދި އައިލެންޑްސް ކިޔާ ފޮތެއް ނެރެގެން. ނަމަވެސް މަނިކުފާނަށް ބާރު ލިބުމުން ތިމާވެއްޓެވެސް ކިޔަން ފެށީ، އައިލެންޑް ޕްރެޒިޑެންޓް ކިޔާފައި ފޮތެއްވެސް ނެރުނީ. މައުމޫނު ދަރުބާރު ބާއްވަނީޔޯ ކިޔާފައި މަނިކުފާނު މަލާމާތް ކުރީ. ނަމަވެސް މަނިކުފާނު އިންތިޚާބަށް ކުރިމަތިލަނީވެސް މާލޭގެ ހުރިހާ މަގެއްގައި ބެރުދުންމާރި ތާޅަފިލި ކުޅެ ދަރުބާރު ބާއްވާއި، ޚާއްޞަތަންތަނުގައި މުގޯލިވެސް އަޅާފައި. ހަމަ ޖެހި ފޮޑި ފޫކޮށް ތިޔަ ވަންނަނީ. ހެހެެހޭ……