ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ކޮވިޑް ޖެހިގެން އިތުރު ދިވެއްސެއް ނިޔާވެފައިވާ ކަމަށް އޮންލައިން ނޫހެއް ކަމަށް ވާ "ވަގުތު" އަށް ވަނީ ކަށަވަރު ވެފައެވެ. އެގޮތުން ނިޔާވެފައި ވަނީ، 79 އަހަރުގެ އަންހެނެއް ކަމަށާއި، އެމީހާ ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުން ދަނިކޮށް ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.
މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 65 ވަނަ މީހާއެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 21،961 މީހުން ވަނީ ފައްސި ވެފައިވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 19،519 މީހުންނެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون