ޚަބަރު

ޕީޕީއެމް 75,000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

Ads by Hajj Corporation

އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އިން ޖަވާބުދާރީވުމުގެ ގޮތުން ހުށަހެޅި ހުށަހެޅުން އެ ކޮމިޝަނުން ގަބޫލު ނުކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފް ވެފައިވާތީ 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

"ދެން" އަށް މަޢުލޫމާތު ދެމުން ޝަރީފް ވިދާޅުވީ، ޕީޕީއެމް ޖޫރިމަނާ ކޮށްފައި ވަނީ މުޒާހަރާއާ ގުޅިގެން ޖަވާބު ދާރީވުމަށް ހުޅުވާލި ފުރުސަތުގައި ޖަވާބުދާރީވެފައި ނުވާތީ ކަމަށެވެ.

މީގެ ދެ ދުވަހެއް ކުރިން ވެސް ޕީޕީއެމް އާއި ޕީއެންސީ ވަނީ ކޮންމެ ޕާޓީއެއް 25،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

  1. ޢީސަދަރި

    ވަރަށް ހެއްވާ. ޢެއް ކުށެއް ކުރިއަސް ވެރިކަން ކުރާ ޕާރޓީ ޖޫރިމަނާ ކުރަނީ ނަމަކަށް.
    ޙީވަނީ ކުރީ ޖަމާނުގައި ބޭފުޅުންގައިގާ ހައްދު ޖަހަންވީމާ 100އެތިފަހަރު ޖަހަނީ 100އޮށުގެ ތަސްބީހަ ފައްޗެއްގެ މަލިމާގައި ހިފާ ތަސްބީހަ ފަތީން ޖެހީމައި، އެޖެހުނީ 100އެތިފަހަރުން. އާދައިގެ މީހުން ގައިގާ 100އެތިފަހަރު ޖެހީމާއި ލިޔާނު ކުރެވުނު މީހާ ދެން ނުހިގޭނެ 6 މަސްދުވާދެން ނުހިގޭނެ. ތަދުވާ ވަރުން. ކުރުންވެސް