ދުނިޔެ

ފޯންތަކުން ބަރަހަނާ ވީޑިއޯތައް ނުބެލޭ ގޮތަށް ބޭން ކުރަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އައިފޯންއާއި އައިޕެޑް ހިމެނޭ ގޮތަށް ފޯންތަކުން ބަރަހަނާ ވީޑިއޯތައް ނުބެލޭ ގޮތަށް، ބޭން ކުރުމަށް އެމެރިކާގެ އުޓާހް ސްޓޭޓްގެ ޤާނޫން ހަދާ މަޖިލީހުން ނިންމައިފިއެވެ.

Ads by Sosun Fihaara

ޤާނޫން ހަދާ މަޖިލީހުން އެކުލަވާލި ބިލުގައި ބުނެފައިވަނީ އެއްވެސް ކަހަލަ ފޯނަކުން ބަރަހަނާ މަންޒަރުތައް ދެއްކުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމާއި އިންޓަރނެޓް ޚިދުމަތްދޭ ތަންތަނަށް އެފަދަ ވީޑިއޯތައް ހުންނަ ސައިޓްތައް ބޭން ކުރުމަށް މަޖުބޫރު ކުރުމަށެވެ.

މި ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ ބަރަހަނާ މަންޒަރު ހިމެނޭ ސައިޓްތަކަށް ކުޑަކުދިން ޒިޔާރަތް ކުރާ އަަދަދު އެމެރިކާގައި އިތުރުވުމާ ގުޅިގެން އެކަން ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. އަދި ލޮކްޑައުންގެ ސަބަބުން ގިނަ ކުޑަ ކުދިންތަކަކަށް އަލަށް ފޯން އަދި އައިޕެޑް ލިބިފައިވާއިރު، މިފަދަ ބަރަހަނާ މަންޒަރުތައް ހުންނަ ސައިޓްތަކުގެ ސަބަބުން އެކުދިންގެ ކިޔެވުމަށާއި އަޚްލާޤަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ދިރާސާތަކުން ދައްކާފައިވާތީ، މިފަދަ ސައިޓް ބޭން ކުރަން ނިންމާފައިވާ ކަމަށް އެޤާނޫނުގައި ބުނެފައިވެއެވެ.

މި ބިލް ޤާނޫނަކަށް ބަދަލުވާނީ އެ ސްޓޭޓްގެ މޭޔަރު އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ. ބިލް ބަލައިގަނޭތޯ ނުވަތަ ނޫންތޯ މިމަހުގެ 25 ގެ ކުރިން ނިންމަން ޖެހޭނެއެވެ. އޫޓަހް އިން ބަރަހަނާ މަންޒަރު ހިމެނޭ ސައިޓްތައް ބޭންކޮށްފިނަމަ، އެ ސިޓީ ވެގެން ދާނީ މިގޮތަށް ބަރަހަނާ މަންޒަރު ހިމެނޭ ސައިޓްތައް ބޭން ކުރި އެމެރިކާގެ ފުރަތަމަ ސްޓޭޓަށެވެ.

Ads by HDC
  1. އިންސިއެއް

    ރާއްޖެގައިވެސްވެއްޖެ އެއްނު މިގޮތަށް ބޭން ކުރަން. މިހާރު ފާޅުގަ މީހުންކައިރީގަވެސް މިކަހަލަ އެއްޗެހި ބަލާ ވާހަކަ އަމިއްލައިން މީހުން ކިޔާތީ އަޑުއަހަން.ހިތަށް އަރާ ލަދެއްވެސް ނުގަނޭ ބާވޭ …؟!����

  2. ބަރުބާދު

    އިންޑިޔާ ކަނޑުގައި ސައްތައިން ސައްތަ މުސްލިމުން އުޅޭ 4 ލައްކަ ހަމަނުވާ ގައުމެއް އޮވެއެވެ. މިތަނަކީ މިފަދަ ހުރިހާ ޖަރީމާތަކަށް އަރައިގަތުމަށް އެންމެފަސޭހަ ގޭޓްވޭލެވިފަެިވާ ގައުމެވެ. ގަވައިދާ ގާނޫނު ހެދިފައިވަނީ ގުރުއާނާ ސުންނަތުގެ މައްޗަށެވެ.ޒިނެޔާއި ބަރަހަނާ ސައިޓަށްްވަނުމާއި ރަލާއި މަސްތުވާތަކެއްޗަކީ ގާނޫނުން މަނާކުރެވި ކުރުމަކުން ކުއްވެރި ނުވާ ފާހިޝްކަންކަމެވެ.

    • ހޭއި މޯލްޑިވްސް

      ރިލެކްސް ބްރޯ…. ދިސް އިޒް މޯލްޑިވްސް…. އެންޑް ވީ އާ 100 ޕަސެންޓް މުސްލިމްސް…. އެންޑް އިްނހިޔަރ، ވީ ރޫލް އިސްލާމިކް ޝަރީއާ ….. ބަޓް ވީ ފޮލޯ ”ގާނޫން އަސާސީ” …. ގައުމެއް މިއޮތީ ވާ….

  3. މަރިޔަމް

    ވަރަށްރަނގަޅު ކަމެއްތިީ

  4. އެމެރިކަން ސްޓޭޓް

    ޔޫޓާ** ނޮޓް އުޓާހް. އާހް!

  5. ޔެސް

    ދިވެހި ރާއްޖޭގައިވެސް މިފަދަ ސައިޓްތަކަށް އެސެސް ނުވެވޭ ގޮތަށް ބްލޮކް ކުރެވޭނެ. އެކަން ކުރަމާ