އަގު ދަށް ބޭސް ކާން އާންމުންނަށް މަޖުބޫރު ނުކުރަން ފާމަސީ އެސޯސިއޭޝަނުން ގޮވާލައިފި
މާކެޓުގައި ހުރި އެންމެ އަގު ދަށް ބޭސް ކާން އާންމުންނަށް މަޖުބޫރު ނުކުރުމަށް މޯލްޑިވްސް ފާމަސޫޓިކަލް އެންޑް ހެލްތުކެއާ ޑިސްޓްރިބިއުޝަން އެސޯސިއޭޝަން (އެމްޕީއެޗްޑީއޭ)އިން ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން ބުނީ އާސަންދަ ޕޯޓަލްއިން އެންމެ ދަށް އަގުގެ ބޭސް ލިބޭ ގޮތަށް ކަނޑައެޅުމުން އެންމެ އަގު ދަށް ބޭސް ބޭނުން ކުރުމަށް ރައްޔިތުންނަށް މަޖުބޫރު ވާ ކަމަށާއި މިކަން މިހެން އޮތުމަކީ ދާއިމީ ބަލިތަކުގައި ދިގު މުއްދަތަށް ބޭސް ބޭނުން ކުރަން ޖެހޭ މީހުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
މީގެ އިތުރުން އެ ޖަމިއްޔާއިން ބުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީގެ (އެމްއެފްޑީއޭއިން) ގަވާއިދުގައި އިންޑިއާ ފަދަ ގައުމުތަކުގެ އަގުހެޔޮ ބޭސް އެތެރެ ނުކުރުމަށް ބާރުއަޅާފައިވާ ކަމަށެވެ.
އަދި މާކެޓުގައި ހުރި އެންމެ އަގު ދަށް ބޭސް ފޯރުކޮށްދޭން އާސަންދައިން ކަނޑައެޅުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
“މިހެން ބާރު އަޅާފައިވަނީ އިތުބާރު ނުކުރެވޭ ސަޕްލައި ޗޭންތައް ހުއްޓުވުމަށް ކަމަށްވާއިރު، އާސަންދައިގެ މި ނިންމުމާ ގުޅިގެން އަގު ދަށް ބޭސް އެތެރެކުރަން ހިތްވަރު ލިބިގެންދާނެ ކަމުގެ ބިރު އިތުރުވޭ." ފާމަސީ ޖަމިއްޔާއިން ބުނެއެވެ.
ތިޔަ ފެންނަނީ ސަރުކާރުގެ ކަންޖޫސްކަމާއި އަނބުރާ ގޭސް ގަނޑު. ރައްޔިތުންނޭ ލޯހުޅުވައި ބުއްދި ބޭނުން ކުރޭ.