ކޮންމެ ދުވަހަކު ޑޭޓާ އައުވެގެންދާ އުރީދޫ ގެ އައު 'އާޗާ ޑެއިލީ 2ޖީބީ' ޕްލޭންތަކާއި އެކު، 60 ޖީބީ މުޅި މަހަށް އެންމެ 750 ރ އަށް!
އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އައު ޕްލޭންއެއްގެ ގޮތުގައި، 'އާޗާ ޑެއިލީ 2ޖީބީ' ޕްލޭން އުރީދޫއިން މިއަދު ތައާރަފް ކޮށްފިއެވެ. މި އައު ޕްލޭން އާއިއެކު މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ އާއި އެކު އަންލިމިޓަޑް އުރީދޫ ކޯލްސް އެންމެ 750ރ އަށް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، 'އާޗާ ޕްރިޕެއިޑް' ޕްލޭންސް އާއެކު ކޮންމެ ދުވަހެއް ވެސް ފެށިގެން ދާނީ އައު ޑޭޓާ ބެލެންސްއަކާއި އެކުގައި ކަމަށެވެ. އާޗާ 2ޖީބީ ޕްލޭންސްއާއެކު ކަސްޓަމަރުންނަށް މުޅި މަހަށް ބަހާލައިގެން ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާނެއެވެ.
“އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ތަފާތު ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނަ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ފަރުމާކޮށް އިތުރު ފުރިހަމަކަމާއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ފޯރު ކޮށްދިނުމަށް. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ތަފާތު އައު ޚިދުމަތްތައް ފޯރު ކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން." ނިޔާޒް ވިދާޅުވިއެވެެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓް ކޮށްލުމަށް:
• އުރީދޫ އެޕް http://ore.do/app
• އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް ކީވޯޑް “UD750” ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
• 1#929 އަށް ޑައަލް ކޮށްލައިގެން ވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރިޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#929 އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ.