އަނބުގެ ވަސް ބެލުމުން، ފަރާ ޚާންގެ ސިކުނޑިއެއް ނެތީތޯ މީހުން ސުވާލު ކޮށްފި

މަޝްހޫރު މީހަކަށް ވުމަކީ ގިނަ ފަހަރަށް އެކި މީހުންގެ ފަރާތުން ފާޑު ކިޔުމާއި ނުރުހުން ވެސް އަމާޒުވާ ކަމެކެވެ. ޚާއްސަކޮށް އިންޑިއާގައި، މަޝްހޫރު މީހުންނަށް ފާރަލަމުންދާ ޕަޕަރާޒީންގެ ސަބަބުން ފަންނާނުންނަށް އެތައް ކަމަކާ ކުރިމަތިވެއެވެ.
ބޮލީވުޑް ފިލްމް ޕްރޮޑިއުސަރ/ޑައިރެކްޓަރ/ ކޮރިއޮގްރާފަރ ފަރާ ޚާނަށް ވެސް މިވަނީ އެފަދައިން ކަމަކާ ކުރިމަތިލާން ޖެހިފައެވެ.
އިއްޔެ ވައިރަލްވި ވީޑިއޯއެއްގަައި ފެންނަނީ ފަރާ ޚާން އަނބު ގަންނަން ބާޒާރަށް ގޮސް، އެތަނުން އަނބެއް ނަގާފައި، އޭނަގެ މާސްކު ތިރިކޮށްގެން އެ އަނބުގެ ވަސް ބެލި މަންޒަރެވެ.
މި ވީޑިއޯ ވައިރަލް ވުމާއެކު މީހުންގެ ނުރުހުން ފަރާ ޚާނަށް އޮހިގެން ދިޔައެވެ. ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައި، މާސްކު ތިރިކޮށްގެން އަނބުން ވަސް ބެލުން މީހުން ސިފަ ކުރީ ވަރަށް ވެސް ނާތަހުޒީބު އަދި ޖަރާސީމާ ބަލި ފަތުރާ ކަމެއްގެ ގޮތުގައެވެ.
އެގޮތުން އެ ވީޑިއޯއަށް ކޮމެންޓުކުރި އެކަކު ބުނީ މިފަދަ ބަލިމަޑު ކަމެއްގެ ތެރޭގައި މާސްކު ތިރިކޮށްގެން އަނބުގެ ވަސް ބަލާނީ ކާކުތޯ އާއި އަނބު ގަންނަން ބަދަލެއްގެ ގޮތުގައި ފަރާ ޚާން ސިކުނޑި ވިއްކާލީތޯއެވެ.
އެހެން މީހަކު ބުނެފައި ވަނީ އަނބު ރަނގަޅުތޯ ބެލޭނެ އެހެން ގޮތްގޮތް ވެސް ހުންނާނެ ކަމަށާއި އަނބު ވިއްކަން ތިބި މީހުން ވެސް މިފަދަ ކަންކަން މީހުން ކުރިޔަދީގެން ނުވާނެ ކަމަށެވެ.