ދިވެހި ސިނަމާ

ދަރިފުޅުގެ ޔޫޓިއުބް ޗެނަލުން ފެނިދާނެ، ފިލްމީ މަސައްކަތަކުން ނުފެންނާނެ: ނިޝާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މަރިޔަމް ނިޝާ އޭނަގެ ދަރިފުޅު ކައިސް އާއެކު/ ފޮޓޯ: އަވަސް

ދިވެހި ސިނަމާގައި ވިދާލި ކުޅަދާނަ އެކްޓްރެސް މަރިޔަމް ނިޝާ ފިލްމީ މަސައްކަތަކުން ދެން ނުފެންނާނެ ކަމަށާއި އެހެންނަމަވެސް އޭނަގެ ދަރިފުޅު ކައިސްގެ ނަމުގައި ހުޅުވުމަށް މަސައްކަތް ކުރާ ޔޫޓިއުބް ޗެނަލުގެ ޕްރޮގްރާމަކުން އޭނާ ވެސް ފެނިދާނެ ކަމަށް މަރިޔަމް ނިޝާ ބުނެފިއެވެ.

Ads by STELCO

ފިލްމީ ކެރިއަރުގައި ނަން ވިދާލި، އަދި އެތައް ބައެއްގެ މަގުބޫލުކަން ހޯދި ނިޝާ މިހާރު ތައްޔާރުވަމުން ދަނީ އޭނަގެ ދަރިފުޅު ކައިސް ގެ ނަމުގައި ޚާއްސަ ޔޫޓިއުބް ޗެނަލެއް ، އަންނަ ރޯދަމަހު ފެށުމަށެވެ.

"ކިޑްސް ކައިސް ޔޫޓިއުޓް ޗެނަލް" ގެ ނަމުގައި އުފައްދާ އެ ޗެނަލަކީ، ބޮޑު އޮޕަރޭޝަނަކަށް ކައިސް ތައްޔާރުވަމުންދާތީ އެހީ ހޯދުމުގެ ގޮތުން ފަށާ ޗެނަލެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އޭގެން ޕްރޮގްރާމަކުން ނިޝާ ވެސް ފެނުން އެކަށީގެންވާ ކަމަށް އޭނާ ބުނެފައިވެއެވެ.

"އިންކޭސް އަޅުގަނޑުވެސް ފެނިގެން ހިނގައިދާނެ އެއިން ޕްރަގްރާމަކުން. ނަމަވެސް އެހެން ގޮތަކުން އަޅުގަނޑު ނުފެންނާނެ. މާނައަކީ ފިލްމީ މަސައްކަތަކުން ނުފެންނާނޭ" ނިޝާ ބުންޏެވެ.

ނިޝާގެ އުންމީދަކީ ކައިސްގެ ނަމުގައި ހިންގާ އެ ޔޫޓިއުބް ޗެނަލުން މުޖުތަމަޢުއަށް ފައިދާ ކުރުމެވެ. އެގޮތުން ކައިސްގެ ވީޑިއޯތައް ހާއްސަ ވާނީ ކުޑަކުދިންގެ ތައުލީމަށާއި، ހެދި ބޮޑުވަމުން އަންނަ ކުދިންނަށް މުހިންމު މައުލޫމާތުތަކާއި ހުނަރުތައް އެ ވީޑިއޯތައް މެެދުވެރިކޮށް ގެނެސްދޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އޮންލައިން ނޫސް "އަވަސް" އަށް ދިން އިންޓަވިއު އެއްގައި ނިޝާ ބުނެފައިވަނީ އުމުރުން ހަތަރު އަަހަރު ކަައިސްއަކީ ހިތުގައި 37 އެމްއެމްގެ އޭއެސްޑީއެއް ހުރި ބީޓާ ތެލެސީމިއާ މޭޖާއެއް ކަމަށެވެ.

ދަރިފުޅަށް ބަލިވެ އިނދެ ވިހެއުމުގެ ކުރީން ކުއްޖާގެ ހިތުގެ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށާއި ލަންކާގައި އެ ކުއްޖާ އުފަންވީއިރު ހިތުގައި މައްސަލަތަކެއް ހުރިކަން ޔަގީން ކުރެވުނު ކަމަށް ވެސް ނިޝާ ބުނެފައިވެއެވެ.

ޑޮކްޓަރުން ލަފާ ދީފައި ވަނީ މިހާރު ދިމާ ވެފައިވާ ސިއްހީ މައްސަލަތަކާ ގުޅިގެން ވީހާވެސް އަވަހަށް އޮޕަރޭޝަން ކުރުމަށް ބޭރަށް ދިއުމަށެވެ. ނިޝާ މިހާރު ތައްޔާރުވަމުން ދަނީ އެކަމަށެވެ.

ނިޝާގެ އެދުމަކީ ކައިސްގެ ޔޫޓިއުބް ޗެނަލަށް ސަބްސުކްރައިބް ކޮށްދިނުމާއި ކައިސްއަށް ހެޔޮ ދުއާ ކޮށް ދިނުމެވެ. އަދި ދަރިފުޅަށްޓަކައި ހިންގާ ފަންޑްރައިޒް ހަރަކާތްތަކުގައި ވެސް ބައިވެރިވެ ދިނުމަށެވެ.

Ads by Ooredoo
  1. ماشاءالله..

    الحمدلله..
    ކުރީގެ ވެދިޔަކަންތައް ވެގެންނިމި ގޮސް ، ހަރުދަނާ ދަރިޔަކު، ކުރިޔަށް އޮތްތަނުގައި ފެނިގެން ދިއުމަށް ދުޢާކުރާ ޙާލުﷲއަށް ޝުކުރުދަންނަވަމެވެ.
    ދެމައިންނަށްވެސް ބާއްޖަވެރި އުފާވެރި ފާގަތި ތަނަވަސް ދުވަސްތަކަކަށް އެދެން.