ދީން

ޙައްޖަށް ދިޔުމަށް 43 އަހަރުވަންދެން ފައިސާއެއްކުރި މީހެއް: ނިޔާވީ ޙައްޖުވުމަށް ފަހު، އިހްރާމް ހެދުމުގައި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަކީ، ކޮންމެ މުސްލިމަކު ވެސް ދެކޭނެ ހުވަފެނެކެވެ.

Ads by Sosun Fihaara

ބައެއް މީހުންނަށް ޒުވާން އުމުރުގައި އެމަތިވެރި އަޅުކަން ކުރުމުގެ ފުރުސަތު ލިބޭއިރު، އަނެއް ބަޔަކަށް އެހެން މީހެއްގެ ނުވަތަ ބައެއްގެ ދީލަތި އެހީގެ ދަށުން އެފުރުސަތު ލިބެއެވެ. އަދި އަނެއް ބަޔަކު އެ ފުރުސަތު ހޯދަނީ އަމިއްލަ ބުރަ މަސައްކަތުން ދާއޮހޮރުވައިގެންނެވެ.

މިއީ ވެސް އެފަދަ މީހެއްގެ ވާހަކައެވެ. ޙައްޖަށް ދިޔުމަށް އޭނާ ކުރި ބުރަ މަސައްކަތާއި އާޚިރުގައި ލިބުނު ފޮނި ނަތީޖާގެ ވާހަކައެވެ.

ޕާކިސްތާނަށް ނިސްބަތްވާ މި މީހާއަށް ލިބެމުން ދިޔަ އާމްދަނީ، އޭނާ 43 އަހަރުވަންދެން ރައްކާކުރީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގެ މާތް ބިމަށް ދިޔުމަށެވެ.

އޭނާ ނިޔާވީ، ޙައްޖުވުމަށް ފަހު މައްކާގައި އިޙުރާމް ބަނދެގެން އޮއްވައެވެ.

ޕާކިސްތާނުގެ އެމީހާއަކީ ކާކުކަން އެއްވެސް މީޑިއާއެއްގައި ހާމަކޮށްފައި ނުވި ނަމަވެސް، ޙައްޖުގެ އަޅުކަން އަދާ ކުރުމަށް އޭނާ ކުރި ބުރަ މަސައްކަތުގެ ވާހަކަ ޙިއްސާ ކޮށްފައިވެއެވެ.

ފަގީރު ޙަޔާތެއް ވޭތުކުރަމުން ދިޔަ އެމީހާއަށް ލިބިފައިވި ހަމައެކަނި ބިންކޮޅު އޭނާގެ ރަޙުމަތްތެރިއަަކަށް ވިއްކައިލިއެވެ. އެއަށްފަހު ފަހު އެބިމުގައި ހެދި ގޮވާން ދަނޑުގައި މަސައްކަތު މީހެއް ގޮތުގައި އޭނާ ބުރަ މަސައްކަތް ކުރިއެވެ. އޭނާގެ ނިޔަތަކަަށް ވީ، ލިބޭ ފައިސާކޮޅު އެއްކޮށްގެން ޙައްޖަށް ދިޔުމެވެ. އެކަން އޭނާ ހާސިލް ވެސް ކުރިއެވެ.

ބިން ވިއްކައިގެންނާއި އެބިމުގައި ދާއޮހޮރުވައިގެން ކުރި ބުރަ މަސައްކަތުން ލިބުނު ފައިސާ 43 އަހަރު ވަންދެން އެއްކުރުމަށް ފަހު، 2019 ވަނަ އަހަރު އޭނާ ޙައްޖަށް ދިޔައެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ފަހު، މިދުނިޔެ ދޫކޮށް މާތް ﷲ ގެ ޙަޟްރަތަށް އޭނާ ދަތުރުކުރީ އިޙްރާމް ހެދުމުގައި، ކަނާތް ފަރާތަށް އެނބުރިގެން އޮއްވައެވެ.

މަސްދަރު: އިސްލާމިކް އިންފޮމޭޝަން

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!