ބޯކޮށް ވާރޭ ވެހި ވައިގަދަވާނެކަމަށް ލަފާކޮށް އައްޑޫ ސިޓީ އާއި ފުވައްމުލަށް ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލު
އައްޑޫ ސިޓީ އާއި ފުވައްމުލަށް ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.
ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 10:00އާ ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އައްޑުއާއި ފުވައްމުލަށް ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި އަދި ގަޑިއަކު 25 މޭލާއި 30 މޭލުގެ ބޭރުމިނުގައި ވައި ޖެހުމުގެ އިތުރުން ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރީނދޫ ސަމާލު ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:
▪︎ ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.
▪︎ ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.
▪︎ ގެއަށް ފެން ވަދެފާނެ ކަމުގައިވާނަމަ ގޭ ބޭރުގައި ވެލިބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
▪︎ ފެންޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.
▪︎ އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.