މޫސުން ގޯސްވެ، އައްޑޫ އަދި ފުވައްމުލަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން އެ ސަރަހައްދަށް ހުދު ސަމާލު ނެރުނީ މިރޭ 2:00 އާ ހަމަޔަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހި ކަނޑުގަދަ ވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީ ހިތާމަވެރި ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ، މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑު ގަދަ ދުވަސްވަރެއް ކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.