ދީން

ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލެއްވި އެންމެ މާތް ދުވަސްތައް: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

Ads by Hajj Corporation

ހައްޖު މަހުގެ މާތްކަމުގެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ ﷲ ތައާލާގެ ހަސްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރްމަތްތެރިވެގެންވާ މައްސަރުތަކެއް ކަމަށެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށާއި ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރެވެގެން އޮތް ސޯލިހު އަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން ކުރާ އަޅުކަމަކީ ހަމައެކަނި ﷲ ތައާލާއަށް ކުރާ އަޅުކަމަކަށް ހަދަން ޖެހޭނެއެވެ. އަދި ޝިރުކު ކުރުމާއި ޝިރުކުގެ އަހުލުވެރިންގެ ކިބައިން ބަރީއަވާން ޖެހޭނއެވެ. އިހްލާސްތެރިކަން ފަނޑުކޮށް ކިލަނބުކޮށްލާފަދަ އެންމެހާ ކަންކަމުން ދުރުވެ، ރައްކާތެރިވާން ޖެހޭނެއެވެ. ދެއްކުންތެރިކަމާއި އަޑުއެރުވުން ފަދަ ކުޑަ ޝިރުކުތަކަށް ޖާގަ ދީގެން ނުވާނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މުސްލިމުންނަކީ އެ މީހުންގެ އަމަލުތަކާއި ވަގުތުތަކުގައި ﷲގެ ރުއްސެވުމާއި، ފެއްސެވުމުގެ ތެރޭގައި އުޅޭ ބަޔެއް ކަމަށެވެ. ކުރާ އަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު އަމަލީ ﷲ އަށް ކިޔަމަންތެރި ވުމުގެ ގޮތުން ކުރާ އަމަލުތަކާއި ހޭދަ ކުރާ ވަގުތު ކަމަށް ކަމަށް ބުނެފައިވެއެވެ. އެގޮތުން މި އުއްމަތުގެ ސަލަފުއް ސާލިހުން މި ދުވަސްތަކުގެ ހެޔޮކަން ލިބިގަތުމަށް މާތްﷲ އަށް އަޅުކަން ކުރެއްވުމުގައި ވަގުތުތައް ހޭދަ ކުރައްވީ މި ދުވަސްތަކުގައި ކުރާ ސާލިހު އަމަލުތަކުގެ ސަވާބާއި ދަރުމަ އިތުރުވެ، މަތިވެރިވެގެންވާތީ ކަމަށެވެ.

ދުނިޔެއަށް މިވަގުތު ކުރިމަތިވެފައި މިވާ ބަލިމަޑުކަމުގެ ސަބަބުން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެފައިވާ އެތައް ބަޔަކަށް ހައްޖަށް ދެވޭގޮތް ނުވި ކަމުގައި ވިޔަސް ފަރުޟު ހައްޖުވުމަށް ނިޔަތްގަނެ، އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ފަރާތްތަކަށް ﷲގެ ހަސްރަތުން ދަރުމަ އާއި ސަވާބު ލިބޭނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

"ﷲ ގެ ރަހްމަތުން އުންމީދު ކަނޑާނުލާށެވ. އެކަލާނގެ ރަހްމަތް އަޅުގަނޑުމެންގެ މައްޗަށް ތަނަވްސްވެގެން ވެއެވެ. އަމިއްލަ ގައުމުގައި އަމިއްލަ ވަޒަނުގައި ތިބިކަމުގައި ވިޔަސް ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ދަރުމައާއި ތަވާބު ލިބިގަތުމަށް މަސައްކަތް ކުރުމުގެ މަގު ވަނީ އަޅުގަނޑުމެނަށް ތަނަވަސްކޮށްދެއްވާފައެވެ. ރޯދަ ހިފުމާ އެކު ދުއާކޮށް، އަޅުގަނޑުމެންގެ ގައުމާއި މުޅި އިންސާނިއްޔަތު މި ބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވުން އެދި ﷲގެ ހަސްރަތުގައި ދަންނަވާށެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި ﷲ އަށް ޒިކްރު ކުރުން އިތުރުކުރުން ހިމެނޭ ކަމަށާއި ޒިކްރު ކުރުމަކީ މަތިވެރި މާތް އަޅުކަމެއް ކަމަށެވެ. ކުފްރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި ޝައިތާނާގެ މަޅީގައި ޖެހުމުންނާއި ނަރަކައިގެ ވޭން ދެނެވި އަޒާބުން ރައްކާތެރި ކޮށްދޭ ވަރުގަދަ އަށްޑަނައެއް ވެސް މެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!