ދިވެހި ސިނަމާ

ޓިކްޓޮކް ތަރި ޑެވިލް ބޯކޮށާލައިފި، ބޮޑަށް ރީތީ މިހާރުތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިބްރާހިމް ޝާއިފް އޭ ބުނުމުން ފަހަރެއްގައި ނޭނގި ދާނެއެވެ. ނަމަވެސް ޓިކްޓޮކް ސްޓާ "ޑެވިލް" އޭ ބުނުމުން އޭނާ ނުދަންނަ މީހުން މިހާރު ރާއްޖޭގައި މަދު ވާނެއެވެ.

Ads by STELCO

ގިނަ އަންހެން ކުދިންގެ ހިތްތަކުން ޚާއްޞަ މަގާމެއް ހޯދައިފައިވާ "ޑެވިލް"އަށް ގިނަ ބަޔަކު ތައުރީފު ކުރަމުން ދަނީ އޭނާގެ އިސްތަށިގަނޑުގެ ރީތި ކަމުންނެވެ. ވީޑިއޯތަކުގައި ޑެވިލްގެ ދިގު، ފަން، އިސްތަށިގަނޑު ތަޅުވާލާ ގޮތުން ވެސް އަންހެންކުދިން "މަށަށް،މަށަށް" ގޮވިއެވެ.

ނަމަވެސް މިހާރު ޑެވިލް ވަނީ އެ ދިގު އިސްތަށިގަނޑު ކުރުކޮށް ކޮށާލައި، ތުނި ކޮށްލައިފައެވެ.

އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާއިރު، އެ ބަދަލު ގެނައިތާ މިހާރު ދުވަސްކޮޅެއް ވެއްޖެކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޑެވިލްގެ އިސްތަށިގަނޑު ކޮށާލުމަކުން އޭނައަށް މީހުން ދެމުން ދިޔަ ތަރުހީބަކަށް ބަދަލެއް ނާދެއެވެ. ގިނަ މީހުން ބުނީ އިސްތަށިގަނޑު ކުރުކޮށް ކޮށައިލީމައި މިހާރު ޑެވިލް މާ ރީތި ކަމަށެވެ.

ޓިކްޓޮކުން މަގުބޫލުކަން ހޯދި ޑެވިލް ގެ މޮޅު ހުނަރުން އޭނާ މިހާރު ވަނީ ފިލްމީ ދާއިރާއަށް ވެސް ނުކުމެފައެވެ. އެގޮތުން މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ފާތިމަތު ނަހުލާ (ނަހޫ) އުފެއްދި ވެބްސީރީޒް "ހުވާ" ގައި މުހިންމު ރޯލަކުން ޑެވިލް ފެނިފައިވާއިރު، އެހެން ޕްރޮޖެކްޓަކުން ވެސް ދާދި އަވަހަށް އޭނާ ފެންނާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Ads by Allied Insurance
  1. އައިސާ

    ތީކީ އެއްއިރެއްގަވެސް އަހުރެންނަކައް ރީތިމީހެއްނޫން…

  2. ރިހުލާ

    މަގޭ ޔުނާން އާ ހާދަ ވައްތަރޭ!!!