ސިއްޙީ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާނުކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފިއެވެ.
ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދު އިތުރު ކޮށްފައި ވަނީ އަންނަ މެއި މަހުގެ 4އާ ހަމައަށެވެ.
މީގެ ކުރިން އިއުލާނު ކުރި މި ހާލަތުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.
ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ނިމިދިޔަ 2020 ވަނަ އަހަރުގެ މާރިޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.
ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފައިވީ ނަމަވެސް، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޑިޕާޓްމަންޓް އޮފް ހެލްތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ.