ޚަބަރު

އަތޮޅު ތެރޭގައި ވެސް ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަން ފަށައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ އަތޮޅު ތެރޭގައި ޖަހަން ފަށައިފިއެވެ.

Ads by Hajj Corporation

އެގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ 2016 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައިވެއެވެ. އެއީ މާލެ ސަރަހައްދުން 1969 މީހަކާއި އަތޮޅު ތެރެއިން 47 މީހެކެވެ.

މިހާތަނަށް 3737 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، އެޗްޕީއޭއިން ވަނީ ފާއިޒާ ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވުމަށް ވެސް ހުޅުވާލާފައެވެ.

ފައިޒަރ ވެކްސިނަކީ ޢުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ޙާލަތްތައް ހުންނަ ކުދިންނަށްވެސް އެވެކްސިން ދިނުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ.

މިހާތަނަށް 3 ވެކްސިނަކަށް ރާއްޖޭގައި ވަނީ ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިނާއި، ފައިޒަރ ވެކްސިނެވެ. ރާއްޖޭގައި ކޯވިޑް-19އާއި ދެކޮޅަށް ވެކްސިން ދޭން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!