ޕީޕީއީ ކިޓްގައި ތިބި ދެމީހުން ދުއްވަމުން ދިޔަ ސައިކަލެއް އެކްސިޑެންޓް ވެއްޖެ

ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) ކިޓްގައި ތިބި ދެމީހުން ދުއްވަމުން ދިޔަ ސައިކަލަކާއި ދުއްވާފައި ދިޔަ އެހެން ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ، ބޮޑުތަކުރުފާނު މަގުގެ ލެސޫކް ކެފޭ ކުރިމަތީގައެވެ. މި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި އެކަކު މިހާރުވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޮޑުތަކުރުފާނު މަގުން ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.
"އެކްސިޑެންޓު ހިނގައިފައި ވަނީ އާޓިފިޝަލް ބީޗު ކައިރިން. ފުލުހުން އެ ސަރަޙައްދަށް ދިޔައިރު އެ މީހުން ގެންގޮސްފި" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ފުލުހުން އަދިވެސް އެ ސަރަޙައްދުގައި ހަރަކާތްތެރި ވަމުންގެންދަވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
ކިޓުގައި އުނގުޅިފައިވާ ހުރިހައި ކޮވިޑު ވައިރަސް ރަށުތެރޭ ފަތުރަމުން ދުއްވީ ދޯ
ގޭގަ އޮއްވަ ކަލް ގަޔަކު ނޫނގުޅޭނެ އަހައްމަދާ