ވެރިކަމާއި މަޖިލީހަށް އެމްޑީޕީ ހޮވައިގެން ފައިދާ ނުވިޔަސް، ކައުންސިލަށް ހޮވައިގެން ވާނެ: ރައީސް ނަޝީދު
ރާއްޖޭގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ފައިދާއެއް ނުވާކަމަށް ގަބޫލު ކުރެވުނަސް ލޯކަލް ކައުންސިލްތަކުގައި މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ ތަފާތު ފެންނާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ އިސްވެރިން ވަނީ ގަލޮޅުގެ ރައްޔިތުންނާ ހޯމަ ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީން މިހާރު ކުރަމުން އަންނަނީ ކެމްޕޭންގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން މިހާރު ގޮވަމުން އަންނަނީ ވީހާވެސް ގިނަ ރައްޔިތުން މި މަހުގެ 10 ވަނަ ދުވަހު ނުކުމެ ވޯޓުލުމަށްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަމުން އަންނަނީ ލާމަރުކަޒީ ނިޒާމެއް ގާއިމް ކުރުމަށް ކަމަށާއި އޭގެ ސަބަބުން މިނިސްޓްރީތަކުގެ ބާރު ކުޑަވެ މަސައްކަތްތައް ވެސް މަދުވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ކައުންސިލެއް މެދުވެރިކޮށް މަސައްކަތްތައް ކުރަން ސަރުކާރަކުން އެކަން ކުރުމަށް ވުރެ މާ ފަސޭހަވާނެ ކަމަށާއި ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ހަރު މުދަލަށްވުރެ މާލޭ ސިޓީގެ މުދާ ގިނަ ވާނެ ކަމަށެވެ. އަދި ހަމަ އެހެންމެ އެމްޑީޕީން މަސައްކަތް ކުރަމުން އަންނަނީ އެކަންކަން ސިޓީ ކައުންސިލްގެ ދަށަށް ފުރޮޅާލުމަށްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެހެންވެ ކުރިން ސަރުކާރަށް ވޯޓު ދީފަތޯ އޮތީ، އެމްޑީޕީއަށް ވޯޓު ދީފަތޯ އޮތީ. އެ ވޯޓުތަކުން މާބޮޑު ރާހަތެއް ނުވާ ކަމަށް ތިބޭފުޅުން އަދި ވިދާޅުވަމުން ދިޔަކަމުގަ ވިޔަސް ވެސް، އަޅުގަނޑު ދަންނަވާނީ އަދިވެސް އަޅުގަނޑު މި ދައްކާ ވާހަކަ އަޑު އަހާށޭ. އަޅުގަނޑުމެން ހަދަން މިއުޅެނީ ވަކި ބާވަތެއްގެ ވަޑާމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމެއް ފުރިހަމައަށް ގާއިމްކޮށް ރާއްޖޭގެ އަދި ވަކިން ހާއްސަކޮށް މާލޭގެ ކަންކަން ލާމަރުކަޒުކޮށް ރަނގަޅުކުރަން، އެމްޑީޕީގެ މޭޔަރކަމަށް ކުރިމަތިލާ ކެންޑިޑޭޓަށް ވޯޓުލުމަކީ ލާޒިމް ކަމެއް ކަމަށެވެ.
ދެން ރަންރީނދޫ ކުދިން ކޮޅު އަތާފަޔާ ތަޅައިގަނޭ>
ދެން ލަލަލާ. ނަޝީދު
އަދިވެސް ކުރެވުނު ވަރު ކުޑއީތަ މޮޔަނަޝީދުުުުުުުުުުުުުު ު ު ު ު ު ު ު ު ލަދުކޮބައިތަ؟ ރައްޔިތުން ތިބީ ހަމަހޭގައޭޭޭޭ ޭ ޭ ޭ ޭ؛؛؛؛؛؛