ޚަބަރު

ސައުދީން ހަދިޔާކުރި ކަދުރު މާދަމާ ބަހަން ފަށަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

1442 ވަނަ އަހަރުގެ ރަމަޟާން މަހަށް ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު މާދަމާ ބަހަން ފަށަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

Ads by MWSC

މި އަހަރުގެ ރޯދަ މަހަށް ސައުދީން ހަދިޔާކުރީ 25 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން އެޕްރީލް 29 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް ކަދުރު ބަހާނެ ކަމަށެވެ.

މިއަހަރު ކަދުރު ބަހަނީ 2020 ވަނަ އަހަރު ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ 10,944 މީހުންނަށާއި، ކުޑަކުދިންގެ ހިޔާ އަށާއި ފިޔަވަތީގެ އިތުރުން ކ. ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފަގީރުންނަށް ކަދުރު ބަހާނީ ކޮންމެ މީހަކަށް ކަދުރު ޕެކެޓެއްގެ އުސޫލުންނެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ކަދުރު ބަހާނީ ސިޓީކައުންސިލާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިސްލާމީ މަރުކަޒުގައެވެ. އެހެން ރަށްރަށާއި ސިޓީތަކުގައި ކަދުރު ބަހާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.

Ads by Ooredoo
  1. މުހަންމަދު

    ސައުދީން ދިނީ ހަމަ މިހާ މަދު ކަދުރު ކޮޅެއްބާ؟؟ކުރިން ރާއްޖޭގެ ކޮންމެ ގޭ ބިޒީ އަކަށް 2 ޕަކެޓް ލިބުނު..