ޚަބަރު

"އަންނި" މުސްކުޅިވެއްޖެ ކަމަށް ރައީސް ނަޝީދު ވެސް ޤަބޫލު ކުރައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައްވެހިފަތިސް ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/އެމްޑީޕީ

"އަންނި" މުސްކުޅިވެއްޖޭ ބުނާ ވާހަކައަކީ ތެދެއްކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

"އަންނި" އަކީ ރައީސް ނަޝީދުގެ ވަނަމެވެ. އަދި 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ގިނަ މީހުން އެމަނިކުފާނާ މުޚާތަބު ކުރަނީ ވެސް އެ ނަމުންނެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭނު ހަރަކާތެއްގައި މިއަދު ހަވީރު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންނި މުސްކުޅިވެއްޖޭ ބުނާ ވާހަކައަކީ ތެދެއް ކަމަށާއި އެމަނިކުފާނު މުޅި އުމުރު ހޭދަ ކުރައްވާނީ ރައްޔިތުން އެދޭ ބަދަލުތައް ހޯދައިދެއްވަން ކަމުގައެވެ.

"1986 ވަނަ އަހަރުން ފެށިގެން އަޅުގަނޑު މި އަންނަނީ މާލޭގެ ގެތަކަށް ވަންނަމުން" އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެ މަނިކުފާނު ކުރެއްވި ސިޔާސީ މަސައްކަތުން ދޭހަވީ އެއްކަމަކީ މާލޭ ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވާކަަން ކަމަށެވެ. އަދި، ބައެއް އާއިލާތަކަށް ރަސްކަން ކުރި ޒަމާނުއްސުރެ ދިރިއުޅޭނެ ތަނެއް ދީފައި ނުވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބިސް އަޅަން ހެދި ހާއްޔެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އާންމުކޮށް ކޮވެލީގެ އުސޫލެއް އެއީ ކާޅު ހާލު ހެދީމާ ބިސް އެޅުން. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް. އެމްޑީޕީން ބިސް އަޅަން ހެދި ހާއްޔެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލެއްވީ ލާމަރުކަޒީ ނިޒާމް ފުރިހަމައަށް ރާއްޖޭގައި ކުރިއަށް ގެންދެވޭނީ އެމްޑީޕީއަށް ކަމަށާއި، އެހެންކަމުން އެމްޑީޕީގެ މޭޔަރުކަމަށް އަނަސްއަށް އަދި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިލައްވަމުންނެވެ.

Ads by Ooredoo
  1. ޖާނޭ

    މުޅި ޢުމުރު ހޭދަ ކުރައްވާނީ މީހުން މަގު ފުރެއްދުމަށާއި ޕޯޕް ޖޯން ޕޯލްގެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ގޮތުން ބާޠިލު ވާހަކަ ދެއްކުން ކަމަކަށް އޮތީ. މުދާބަށް ކުރުމާއި ބަގުރަލާއި ނުބައިކަންކަން އާލާކުރުން އޮތީ. އެހެން ކަމެއް ނެތް.

  2. ކިނބޫ

    އެލެކްސް އަދި ހަމަ ޅައެއްނު. ކެކެކެ

  3. ފަސްފަހެތިން ފަޑައި

    އަމާ ސްކެލެން ޓްރޭންގަލް.