ޚަބަރު

10،000 އަށް ވުރެ ގިނަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 10،000އަށް ވުރެ ގިނަ ވެއްޖެއެވެ.

Ads by STELCO

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ 2،618 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެއިން ދެވަނަ ޑޯޒް ޖެހި 2،471 މީހުނާއި އަދި އަތޮޅުތެރެއިން 147 މީހުނެވެ،

އެއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 10،569އަށް އަރައިފިއެވެ.

މާލެ ސަރަޙައްދުގައި މިހާރު ވެކްސިން ދެމުން ގެންދަނީ ސޯޝަލް ސެންޓަރ، ނޭޝަނަލް އާޓް ގެލެރީ، ވިލިމާލޭ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ (ކުރީގެ ފްލޫ ކްލިނިކް) އަދި ސެނަހިޔާ ގައެވެ.

މި މަހުގެ 10އާއި 13ގައި ވެކްސިނޭޝަން ސެންޓަރުތައް ބަންދު ވާނެއެވެ. ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ދޭނީ ފެބްރުއަރީ މަހުގެ 11-1 އަށް ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނާއި ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 8 ހަފްތާ ފުރިފައިވާ މީހުންގެ އިތުރުން ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 4 ހަފްތާ ފުރިފައިވާ ރާއްޖެއިން ބޭރަށް ދަތުރެއް ކުރަން ޖެހިފައިވާ މީހުންނަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!