ޚަބަރު

ގެއެއްގައި ހަތިޔާރު ގެންގުޅޭކަމަށް ރިޕޯޓު ކުރުމުން ބެލިއިރު ފެނުނީ ކުޅޭކުޅޭ ބަޑިއެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ގެއެއްގައި ހަތިޔާރު ހުރި ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ގެ ބަލާ ފާސްކުރިއިރު ފެނުނީ ކުޅޭ ބަޑިއެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ، އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ އޮޕްރޭޝަން މިހާރު ނިމިފައި ވާ ކަމަށާއި އެއީ ގެއެއްގައި ހަތިޔާރު ހުރިކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

“ އޮޕަރޭޝަން ނިންމާލައިފި. މި އޮޕަރޭޝަނަކީ ގެ އެއްގައި ހަތިޔާރު ހުރި ކަމަށް ރިޕޯޓު ލިބިގެން ހިންގި އޮޕަރޭޝަނެއް. އެމްއެންޑީއެފްއިން ބެލި އިރު އެ ހަތިޔާރަކީ ޓޯއި ގަން އެއް( ކުޅޭ ކުޅޭ ބަޑިއެއް) “ އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.

މި ފަދަ ކަންކަމަކީ ރާއްޖޭގައި އާންމުކޮށް ހިނގާ ކަންކަމެއް ނޫނެވެ،

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!