ލައިފްސްޓައިލް

އަންހެނުންނަށް ބޮޑަށް ކަމުދަނީ ރީތި ދިގު ތުނބުޅި ހުންނަ ފިރިހެނުން: ދިރާސާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ އަންހެނުންނަށް ކަމުދަނީ ރީތި ދިގު ތުނބުޅިއެއް ހުންނަ ފިރިހެނުން ކަމަށް ދިރާސާތަކުން ދައްކައިިފިއެވެ.

Ads by Sosun Fihaara

ރީތި ދިގު ތުނބުޅިއެއް ހުރުމަކީ ފިރިހެންވަންތަކަން ދައްކުވައިދޭ ކަމެއްކަމަށް ގިނަ މީހުން އެއްބަސްވެއެވެ. ތުނބުޅި ރަނގަޅަށް ނުފަޅައި، ނުވަތަ އަބަދު ޝޭވްކޮށްފައި ހުންނަ ފިރިހެނުން ގިނަ މީހުންނަށް ކަމަކު ވެސް ނުދެއެވެ.

ރީތިދިގު ތުނބުޅިއެއް ހުންނަ ފިރިހެނެއް ލިބެން އަންހެނުން އެދޭއިރު، އެފަދަ ތުނބުޅިއެއް ލިބެން ގިނަ ފިރިހެނުން ބޭނުންވެއެވެ.

ބައެއް ފިރިހެނުންނަކީ ޖެނެޓިކަލީ ނުވަތަ އާއިލީ ގޮތުން ވާރުތަ ވެފައިވާ ހޯމޯންސްގެ ސަބަބުން ރަނގަޅަށް ތުނބުޅި ނުފަޅާ މީހުންނެވެ. ޖެނެޓިކަލް ކަންތައްތަކާމެދު ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. ނަމަވެސް ރަނގަޅަށް ތުނބުޅިފަޅާ މީހުން، ތަންކޮޅެއް އަވަހަށް ތުނބުޅި ދިގުކުރަން ބޭނުންނަމަ، މި ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.

އެވަރަށް ޝޭވް/ޓްރިމް ނުކުރުން

ރީތި ތުނބުޅިއެއް ބޭނުން ނަމަ، މާގިނައިން ތުނބުޅި ޓްރިމް ކުރުމާއި ޝޭވް ކުރުން ރަނގަޅެއް ނޫނެވެ. ތުނބުޅި ދިގު ކުރުމަކީ ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެހެންކަމުން، އެންމެ ފުރަތަމަ ކަމަކަށް ތުނބުޅި އެއްވެސް ވަރަކަށް ޝޭވް ވެސް ޓްރިމް ވެސް ނުކޮށް ހަތަރު ހަފްތާވަރު ބަހައްޓާލާށެވެ. އެއަށްފަހު ބޭނުން ސްޓައިލަކަށް ރޭޒަރަކުން ނުވަތަ ޓްރިމަރަކުން ތުނބުޅި ހެދޭނެއެވެ. އަދި ކޮންމެ ދުވަހަކު ވެސް ތުނބުޅީގައި ފުނާ އަޅައި ރީތިކޮށް ތުނބުޅި ބެލެހެއްޓުމަށް ސަމާލުކަން ދޭން ސްޓައިލިސްޓުން ލަފާދެއެވެ.

ޝޭމްޕޫލައިގެން ތުނބުޅި ދޮވެ، ކޮންޑިޝަން ވެސް ކުރުން

ބޮލުގެ އިސްތަށިގަނޑެކޭ އެއްފަދައިން ތުނބުޅިއަކީ ވެސް ދޮވެ ސާފުކޮށް ބަހައްޓަން ޖެހޭ އެއްޗެކެވެ. މޫނުގައި ހުންނަ އިސްތަށިތަކާއި ތުނބުޅި، މަދުވެގެން ކޮންމެ ހަފްތާއަކު ދެ ފަހަރު ދޮވުމުން އަވަހަށް ތުނބުޅި ފަޅައި އަދި ތުނބުޅި ދިގުވުމަށް އެހީތެރިވެދެއެވެ. ކުޑަ ޝޭމްޕޫ ކޮޅަކުން ތުނބުޅި ދޮވުމަށްފަހު ކުޑަކޮށް ކޮންޑިޝަނަރ ކޮޅެއްވެސް ބޭނުން ކުރުން ބުއްދިވެރިއެވެ.

މޫނު މަސާޖު ކުރުން

މޫނު މަސާޖު ކުރުމުން ވެސް އަވަހަށް ތުނބުޅި ދިގުވެއެވެ. ރަނގަޅަށް މަސާޖު ކުރުމުން، މޫނުމަތީގައި ހުންނަ އިސްތަށިތަކަށް ފަސޭހައިން ލޭ ދައުރުވެއެވެ. މިއީ އިސްތަށިތަށް އަވަހަށް ދިގުވުމަށް މަގުފަހިވާ ކަމެކެވެ. ނަމަވެސް މިކަމަށްޓަކައި ޚާއްސަ ތެލެއް ބޭނުން ކުރަން ޖެހެއެވެ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ، ކުޑަ ޒައިތޫނި ތެޔޮ ފޮދެއް ހޫނު ކޮށްލުމަށް ފަހު، ކުޑަކޮށް ހިހޫ ވުމުން އެ ތެލުން މޫނު މަސާޖު ކޮށްލުމެވެ.

ކަސްރަތު ކުރުން

ކަސްރަތު ކުރުމަކީ ސިއްޙީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެއްކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ކަސްރަތު ކުރުމުން ތުނބުޅި ވެސް ދިގުވާކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ކުރިން ވެސް ބުނި ފަދައިން، ހަށިގަނޑުގައި ގިނައިން ލޭ ދައުރުވުމަކީ އަވަހަށް އިސްތަށިފަޅާ ކަމެކެވެ. ކަސްރަތު ކުރުމުން ވަރަށް ބޮޑަށް ލޭ ދައުރު ވާނެއެވެ. އެހެންކަމުން ތުނބުޅި އަވަހަށް ދިގުވާން އެހީތެރިވެދެއެވެ.

ފިކުރު ކުރުމުން ދުރުހެލިވުން

އާއްމުގޮތެއްގައި އެންމެ ގިނައިން ކަންކަމާ ފިކުރުކުރާ ކަމަށް މަޝްޙޫރުވެފައި ވަނީ އަންހެނުންނެވެ. ނަމަވެސް ފިރިހެނުންނަކީ ވެސް ކަންކަމާ ފިކުރު ކުރާ ބައެކެވެ. އަދި އެ ކަމުގެ ސަބަބުން ފިރިހެނުންނަށް ވެސް ގިނަގުނަ ސިއްޙީ މައްސަލަތަކެއް ދިމާވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ، ރަނގަޅަށް ތުބުނޅި ނުފެޅުމެވެ. އަދި ތުބުނޅިފަޅާފައި ހުރި ނަމަވެސް، ފަސޭހައިން ދިގު ނުވުމެވެ. މާބޮޑަށް ފިކުރު ކުރުމުން ފިރިހެނުންގެ ހަށިގަނޑުގައި ހުންނަ ކޯޓިސޮލް ހޯމޯން އިތުރުވެ، ތުނބުޅީގެ އިސްތަށިތައް ފަޅަން ނުވަތަ ދިގުވާން ހުރަހަކަށް ވެއެވެ. އަދި މީގެ އިތުރުން މޫނުމަތީގެ އިސްތަށިތަކަށް ލިބެންޖެހޭ އެހެނިހެން ފައިދާހުރި މާއްދާތައް ވެސް، މާބޮޑަށް ފިކުރު ކުރުމުގެ ސަބަބުން ނުލިބޭނެއެވެ.

މަސްދަރު: މެންސް ފޮ ޔޫ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!