ރިޕޯޓް

މަޝްހޫރު ޓީވީ ޕްރެސެންޓަރުން ރައްޔިތުންގެ "ރިޕްރެސެންޓަރުންނަށް" ، ރިޒްނާ އެނބުރި ޓީވީއަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
އިންތިޚާބުގައި ވާދަކުރެއްވި ހަތަރު ޓީވީ ޕްރެސެންޓަރުން

އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރެއްވި ޓީވީ ޕްރެސެންޓަރުންގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާއަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެނޑިޑޭޓް ރިޒްނާ ޒަރީރު ފިޔަވައި އެހެން ހުރިހާ ޕްރެސެންޓަރުން ވެސް ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

Ads by STELCO

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ ޕްރެސެންޓަރުންތަކެއް ވަނީ ވާދަކޮށްފައެވެ. އެ ގޮތުން ޓީވީއެމްގެ ކުރީގެ ޕްރެސެންޓަރު މުޙައްމަދު ޞާދިޤު ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރެއްވީ ރ.މަޑުއްވަރީ ކައުންސިލްގެ ރައީސް ކަމަށެވެ. އަދި މާލޭ ސިޓީގެ ހުޅުމާލޭ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވީ ރާއްޖެ ޓީވީގެ ޕްރެސެންޓަރު ރިޒްނާ ޒަރީރެވެ. އަދި ވިލިމާލޭ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަ ކުރެއްވީ ކުރިން ވީޓީވީ އަދި ދި ޓީވީގައި ޕްރެސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ނަހުލާ އަލީއެވެ. މީގެ އިތުރުން ރ.އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލެއްވީ ޗެނަލް 13ގެ ޕްރެސެންޓަރު އަހްމަދު ނާސިފްއެެވެ.

މި ޕްރެސެންޓަރުންގެ ތެރެއިން މާލޭސިޓީ ހުޅުމާލެ ދާއިރާއަށް ވާދަ ކުރެއްވި ރިޒްނާ ޒަރީރު ވަނީ އިންތިޚާބުން ނާކާމިޔާބު ވެފައެވެ. އެ ދާއިރާއަށް އިންތިޚާބުވެ ވަޑައިގަތީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ކެނޑިޑޭޓް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއެވެ.

ރ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަޤާމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ކުރީގެ ޓީވީއެމްގެ ކުޅިވަރު ޕްރެސެންޓަރު މުޙައްމަދު ސާދިޤު ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އޭނާއާ އެ ދާއިރާއިން ވާދަ ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް އަހްމަދު ރަފީއު އާއި އަމިއްލަ ގޮތުން މުހައްމަދު ޝިހާމެވެ.

މީގެ އިތުރުން ވިލިމާލޭ ދާއިރާއަށް ވާދަ ކުރެއްވި ދި ޓީވި އަދި ވީޓީވީގެ ކުރީގެ ޕްރެސެންޓަރު ނަހުލާ އަލީ ވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އޭނާއާ ވާދަ ކުރައްވާފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް ހަމްނާއެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރ.އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަޤާމަށް ވާދަކުރެއްވި ޙުސައިން ނާސިފް ވެސް ވަނީ ބޮޑު ތަފާތުން އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ޝާހިދުއެވެ.

މިއީ މިހާ ގިނަ ޕްރެސެންޓަރުން އިންތިޚާބެއްގައި ވާދަކުރި ފުރަތަމަ ފަހަރެެވެ. މި އިންތިޚާބުގައި ވާދަ ކުރެއްވި ގިނަ ޕްރެސެންޓަރުންނަށް ރައްޔިތުން ވަނީ "ރިޕްރެސެންޓަރުންގެ" ގޮތުގައި އިތުބާރު ކުރައްވާފައެވެ.

Ads by Allied Insurance
  1. އައިމިނަ

    އެކަމަކުވާ! އެދަރިއަށް ކިޔަނީ މުޙައްމަދު ޞާދިޤު. ސޯދުބެ ބުނީ މިހާރު އުމުރުން މާ ދުވަސް ވެއްޖެޔޯ ތިކަހަލަ ކަމަކަށް ކުރިމަތިލާ ވަރަށް ވުރެ.
    އެއްޗެއް ލިޔާ އިރު ތަނެއް ދޮރެއް ބަލައެއް ނުލައޭ!

    • ކަތްދަ

      އާލިމޫ! އަހުމަދެއް ނޫން ހުސައިން ނާސިފް ކިޔަނީ