އައްޑޫގެ ގޮނޑިއެއް އެމްޑީޕީއަށް ގެއްލިއްޖެ

ކައުންސިލް އިންތިޚާބު ބާއްވަން ފެށިތާ 10 އަހަރު ވެފައިވާއިރު ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީއަށް ގެއްލިއްޖެއެވެ
މިއަދު ކުރިއަށް ދިޔަ ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު އެމްޑީޕީއަށް ގެއްލިފައި ވަނީ އައްޑޫ ސިޓީ މަރަދޫގެ ގޮނޑިއެވެ. އެގޮތުން މަރަދޫގެ ގޮނޑި ކާމިޔާބު ކުރާނެ ކަން ކަށަވަރު ވެފައި ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓް އަހްމަދު ނާދިރު (ޗިލްހާ) އެވެ.
އެންމެ ފުރަތަމަ ފަަހަރަށް ކައުންސިލް އިންތިޚާބެއް ބޭއްވީ 2011 ވަނަ އަހަރުގައެވެ. އެ އިންތިޚާބުގެ ފަހުން ބާއްވާ ކޮންމެ ކައުންސިލް އިންތިޚާބެއް އައްޑޫ ސިޓީއިން ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީންނެވެ.