އަދުރޭ ހިސާބު ދިމާ ކުރެއްވިއިރު ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ހިސާބުވީ ފެއިލް!
މިދިޔަ އަހަރު ބާއްވަން އިއުލާންކުރި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާނީ ކުރީގެ ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒުކަން އާންމު ކުރުމަށް އެ ޕާޓީން ބޭއްވި ހަފްލާއެއްގައި ކޯލިޝަންގެ އެކްޓިން ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މުޅި މާލެ ، މުޢިއްޒު ކުރާނަން"
އޭގެ ފަހުން އިންތިޚާބު ފަސް ކުރަމުން ، ލަސްކުރަމުން ދިޔަ ނަމަވެސް އެ މަނިކުފާނު ދިޔައީ އެ ބަސްފުޅުގައި ހިފަހައްޓަވަމުންނެވެ. އެމްޑީޕީއަށް ތާއީދު ބޮޑު މިއޮތް ފުރަމާލެ މުޢިއްޒު ކޮށްލައްވާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި ނަމަވެސް އެކަން ގިނަ ބަޔަކު ނެގީ ޖޯކެއްގެ ގޮތުގައެވެ. ސޯޝަލް މީޑިއާއާއި މާލޭގެ މަގުތައް "މުއިއްޒުވި" ނަމަވެސް މާލޭގެ ރައްޔިތުން އެމްޑީޕީއަށް ފުރަގަސް ޖެހުމަކީ ނުވާނެ ކަމަކަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ.
އޭގެ ފަހުން ކެމްޕެއިންގެ ފަހު ރެލީތަކުގައި ސިޔާސީ ވެރީންގެ ހިސާބުތައް ފެނިގެން ދިޔައެވެ.
ރައީސް ޞާލިޙްގެ ހިސާބަކީ 65 އިންސައްތަ ވެރިކަން ކުރާ އެމްޑީޕީން ހޯދުމެވެ. ރައީސް ނަޝީދު ނޯޓް ކުރެއްވީ ހަތަރު ސިޓީއާއެކު 1000 ގޮނޑި އެމްޑީޕީން ނަންގަވާނެ ކަމަށެވެ. އެ ބޭފުޅުން "ހިސާބުން ފާސްނުވި ކަމަށް" ނިންމެވި ޢަބްދުއްރަޙީމް އިއްޔެ ބޭއްވި ޕްރެސްތަކުގައި ވެސް ވިދާޅުވަމުން ގެންދެވީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށާއި "މުޢިއްޒު ކުރައްވާނެ" ކަމަށެވެ.
އިންތިޚާބު ނިމިގެން ދިޔައީ ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ހިސާބު ނުބައިވެގެންނެވެ. އަހަރު ގުނުމުގައި ބަލާގޮތުގައި ވެސް ރައީސް ޞާލިހާއި އަދުރޭގެ ހިސާބު އެއްގޮތް ނަމަވެސް ، ހަމައެހެންމެ އެއީ ރަނގަޅު ގޮތެއް ނަމަވެސް ، ސިޔާސީ ގޮތުން ކުރާ މަލާމާތާއި ޖަހާ ޖޯކްތަކަށް ފަރުވާލެއް ނުބަހައްޓަވާ އަދުރޭ އަބަދުވެސް ގެންދެވީ ހިސާބުތައް ޖައްސަވަމުންނެވެ. ޝައްކެތްނެތް މިންވަރަށް އެނގޭ ކަމަކީ މި ފަހަރު ރައީސް ޞާލިޙާއި ރައީސް ނަޝީދު ހިސާބުން ފެއިލް ވެއްޖެކަމެވެ.
ކޮންއިރަކުބާ ތިޔަމީހުން ޖެހި ހިސާބެއް ދިމާވީ ތެދެއް ހެދެން އޮތަސް ދޮގެއްނޫނީ ނުބުނާނެ ތިދެމީހުން ކުރެ އެކަކުވެސް.