މި އިންތިހާބަކީ ޑިމޮކްރަސީ ދެކެ ލޯބިވާ މީހުންނަށް ލިބުނު ކާމިޔާބެއް: މާރިޔާ

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެގެ އިންތިހާބުން ހާމަވެގެން ދިޔައީ މަލްޓި ޕާޓީ ޑިމޮކްރަސީ ދިވެހިރާއްޖޭގައި އޮތްކަން ކަމަށެވެ. އަދި މިއީ މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖޭގައި ކުރިއެެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި މާރިޔާ ފާހަގަކުރެއްވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ މި ފެނިގެންދިޔައީ ޑިމޮކްރަޓިކް ހަމަތައް ކުރިއަރުވައި އިދިކޮޅު ޕާޓީއަށް ވެސް އެމްޑީޕީއިން ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ނަތީޖާ ކަމަށެވެ.
އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ރާއްޖޭގެ މެޖޯރިޓީ އެމްޑީޕީން ނެގި ނަމަވެސް އެމްޑީޕީއަށް ވަނީ މުހިންމު ގޮނޑިތަކެއް ގެއްލިފައެވެ. އެގޮތުން މާލޭ މޭޔަރު ކަމުގެ ގޮނޑީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ވަނީ ގެއްލިފައެވެ. މީގެ އިތުރުން އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް އައްޑޫ ސިޓީ ކައުންސިލުން ވެސް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ގެއްލިފައެވެ.
މަކުނު ފޫކޮޅުން ވަލެއް ހުހެއް ނުވާނެ މަކުނު ދިރި އޮތްހާ ހިނދަކު. ތިޔައީ ޑިމޮކްރެސީ ދަންނަ ބައެއްތަ؟ މިހާރުވެސް ތިޔަ ތިބީ އަންނި އަށް ވެރިކަން ދޭންވެގެން ފޫގަޅާލާފައި. މާދަން ކަން ނޭގެ ކޯލިޝަން ބޭރުކޮއްލާ އިބޫގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނީ، އަންނި ގެ މެހެބޫބާ ވިއްޔާ. ކިޔާނެ އެއްޗެތި އެގޭނެ ނުން.