ޚަބަރު

ރާއްޖޭގައި ފައިޒާ ވެކްސިން ޖަހަން ފަށައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑްް-19އަށް އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި، ފައިޒާ ވެކްސިން ރާއްޖޭގައި ދޭން ފަށައިފިއެވެ.

Ads by MWSC

މިއަދު ހެނދުނު 9:00އިން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒާ ވެކްސިން ދޭން ފަށާފައިވާއިރު މި ވެކްސިން ޖަހައިދޭނީ ވެކްސިންް ޖެހުމަށް ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ. އަދި ރަޖިސްޓްރީވެ، އެޕޮއިންޓްމަންޓް ހެއްދުމުން، އެ މީހުންނަށް ވެކްސިން ޖަހަންދާންވީ ވަގުތާއި ދާންޖެހޭ ތަން ފަަދަ މައުލޫމާތުތައް އެޗްޕީއޭ އިން ހިއްސާކުރާނެއެވެ. ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް އެކަންޏެވެ. އެފަރާތްތަކަކީ؛

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން/ކުދިން
  • ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުން/ކުދިން
  • ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން/ކުދިން
  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން/ކުދިން
  • ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން/ކުދިން
  • ހަކުރުބަލީގެ ކުދިން
  • ތެލަސީމިއާ މޭޖާ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
  • ޑައުންސިންޑްރޯމް ހުންނަ ކުދިން
  • ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
  • އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާކުދިން)
  • 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތައް
  • 18 - 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތައް

މިހާރު ޗައިނާގެ ސިނަފޯމް ވެކްސިނާއި އިންޑިއާގެ ކޮވިޝީލްޑް ވެކްސިން އަންނަނީ ދެމުންނެވެ. މިހާތަނަށް 268،456 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!