ވެންޓިލޭޓަރު މައްސަލަ ނެތްނަމަ ރައީސް ޞާލިހުއާ މައްސަލައެއް ނޯންނާނެ: ރައީސް ނަޝީދު

ވެންޓިލޭޓަރުތަކުގެ މައްސަލަ ނެތްނަމަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދުއާ، ދެމެދު މައްސަލައެއް ނޯންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅޭގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ސުވާލުކުރީ މި އިންތިހާބުން އެމްޑީޕީ ބަލިވީ ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދެމެދު އޮތް މައްސަލަތަކެއްގެ ސަބަބުންތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެއްޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވެފައި ނުވާނަމަ، ރައީސް ޞާލިހާއި އެމަނިކުފާނާ ދެމެދު އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާއާ އެއްވެސް މައްސަލައެއް ނޯންނާނެ ވެންޓިލޭޓަރުގެ މައްސަލަ ނެތް ނަމަ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް-19 ޖެހިގެން ހާލު ދެރަ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ސަރުކާރުން ވަނީ ދުބާއިގެ ކުންފުންޏަކާ ހަވާލު ކޮށްފައެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގައިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ބެލުމަށް ދެ ފަހަރަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެފައެވެ. އެކަމުގެ ކަންބޮޑުވުންތައް ބޮޑުވުމުން ޕީޖީން މިހާރު ވަނީ އެ މައްސަލަ ބަލަން ނިންމާފައެވެ.
އެހެންވީ އިރު ބޭފުޅާގެ ބޭބެ ކެނެރީގޭނާސިދުއަށް އިއުލާން ކުރުމެށް ނެތި އައިޖީއެމް އެޗް އިން އެގްރީމެންޓް ކޮށްގެން ކޮނމެ މަހަކު ދޭ ލައްކަ އަކަަށް ވުރެން މަތިންދޭ ރުފިޔާއާ ދެކޮޅަށް ވެސް ނިކުމެލައްވާ.ކޮރޮޕްސަނަކީ ހަމަ އެކަނި ވެންޓިލޭޓަރުގެ މައްސަލައެއްނޫނެއްނު