ގާސިމް އިބްރާހިމްގެ ބޮޑު މަންމަ ނިޔާވެއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބޮޑު މަންމަ ރުގިއްޔާ އަލީ ރޭ ނިޔާވެއްޖެއެވެ.
ރުގިއްޔާ ނިޔާވެފައި ވަނީ ބަލި ހާލަތު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައެވެ. ރުގިއްޔާ އަކީ ގާސިމްގެ ދެ ބެއިންގެ ދެދަރި ބޭފުޅެކެވެ.
ރުގިއްޔާ ނިޔާވެފައި ވަނީ އުމުރުން 93 އަހަރުގައެވެ. އޭނާއަކީ މާމިގިލީ ބޭފުޅެކެވެ.
ގާސިމް މަންމަ ނިޔާވުމުން ބަލާ ބޮޑުކުރީ ރުގިއްޔާ ކަމަށް ގާސިމް ވިދާޅުވެއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون