ޚަބަރު

އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސޯސަންމަގުގައި ހުންނަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީސް އިމާރާތުގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

Ads by MWSC

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ގާބިރުއަކުން ޖަހައެވެ. އެމްޑީޕީ އޮފީހުގެ ބިއްލޫގަނޑު ތަޅާލާފައި މިވަނީ އިލެކްޝަން ކޮމިޝަންގެ ތެރޭގައި މިއަދު ބޮޑު ހަމަނުޖެހުމެއް ހިނގާފައި ވަނިކޮށެވެ.

މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ލޯއުންސިލް އިންތިޚާބު 2021 ގެ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް އިލްކެޝަންސް ކޮމިޝަންގައި ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ގޮސް އިލްކެޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ އެމަސައްކަތަށް ވަނީ މިއަދު ހުރަސް އަޅާފައި ވާކަމެވެ. އަދި މިމައްސަލަ ބަލަން ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށް ވެސް އެމްޑީޕީންގެ ބަޔާނުގައިވެއެވެ.

މިއަދު އިލެކްޝަން ކޮމިޝަންގައި ހަމަނުޖެހުން ހިނގާފައި ވަނީ، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އިލެކްޝަން ކޮމިޝަން ހުރި ސަރަހައްދަށް ވަޑައިގެންނެވި ހިސާބުންނެވެ. ނަޝީދު މިއަދު ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ގޮސްފައި ވަނީ ޕީޕީއެމް ލީޑަރޝިޕްގެ ބޭފުޅުން އެސަރަހައްދުގައި އުޅޭ ޚަބަރު ލިބިގެން ކަމަށެވެ.

މިއަދުގެ ހަމަނުޖެހުންތަކާ ގުޅިގެން އިލެކްޝަނުން ވަނީ އެއްވެސް ވޯޓު ފޮއްޓެއް ނުގުނުމަށް ނިންމާފައެވެ.

Ads by Ooredoo
  1. ޖާނޭ

    ތިޔަ ވެދާނެ ނަޝީދުގެ ރޭވުމަކަށްވެސް. ބަޔަކު ކުއްވެރި ކޮއްލުމަށާއި ސަމާލުކަން ހޯދުމަށްޓަކައި އަމިއްލަ ގައިގާ އަލިފާންވެސް ރޯކޮށްފާނެ.