ޚަބަރު

އީސީއާއި އެޗްޕިއޭ އޮތީ އެމްޑީޕީގެ އުނގުގައި ނަށަން: ޑރ.ޖަމީލް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ނަޒާހަތްތެރިކަން މުޅީން ގެއްލިފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނެތް ކަމަށް އިލެކްޝަނުން މިއަދު ވިދާޅުުވުމުން އެކަމަށް ރައްދުދެއްވަވާ ޑރ،ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ނުފޫޒު އޮތްކަން އެ ކޮމިޝަންގެ އަމަލުތަކުން އެނގޭ ކަމަށެވެ. އަދި އެމްޑީޕީން ބޭނުންވުމުން އިންތިހާބުގެ ތާރީހު ބަދަަލުކޮށް ވޯޓް ފޮށިތައް އަލުން ގުނަން ނިންމުމުން ސިޔާސީ ނުފޫޒު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އޮތްކަން އެނގޭ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިފަދަ މޭރުމަކުން ވިދާޅުވެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން ފަސްވެ ބައެއް ވޯޓްފޮށިތައް އަލުން ގުނަން ނިންމުމުން މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި ގޮތުން މިއަދު މިމައްސަލައިގައި އިދިކޮޅުގެ ފަރާތްތަކުންނާއި އެމްޑީޕީގެ ސަޕޯޓަރުން އިލެކްޝަން ކޮމިޝަނަށް ގޮސް އެސަރަހައްދުގައި ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެސަހައްދުގައި ހަމަނުޖެހުން ހިނގާފައި ވަނީ ވޯޓްފޮށިތަކެއް އަލުން ގުނަން ނިންމުމުން އިދިކޮޅު ސަޕޯޓަރުން އިންތިހާބާ ބެހޭ މަރުކަޒު ކައިިރިއަށް އެއްވެފައިވަނިކޮށް އެ ސަރަހައްދަށް ރައީސް ނަޝީދު ވަޑައިގެންނެވުމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވަނީ މާލޭ އަދި އައްޑޫގައި ދަމަހައްޓަމުން އައި ސްޕަމެޖޯރިޓީ ގެއްލިފައެވެ.

Ads by Allied Insurance
  1. އުއްމު

    ޕީޕީއެމް އާއި ޕީއެންސީ އޮތީ ޖަމީލު ނިތްކުރީގައި ޕާޓީކުރަން

  2. ޖާނޭ

    ޖަމީލު އެވިދާޅުވީ ތެދެއް. ނަޝީދު ބުނެފައިވޭ. ޢެޕާރޓީއަށް އިތުރު ގޮނޑި ލިބޭނެ ކަމަށް. ލިބެންދެން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ.ޝަރީފު ލައްވާ ހުރިހާ ގޯހެއް ހަދާނެ. ޢެއަށްފަހު ޝަރީފު ވަޒީފާއިން ވަކިވެސް ކުރާނެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދުމެން ލައްވާ ހުރިހާ ގަނޑެއް ގަނެފައި އެފަކީރު ބޭރުކޮއްލީ. ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމަށް ހެދި ގޮތްވެސް އެގޭނެބުން. ތިޔަކަން ނިމުމުން އެންމެ އަވަހަށް ޤުރުބާން ކޮއްލާނީ އީ.ސީ ޝަރީފު.