ރެސިޕީ

ދެން ރެސިޕީ: ތައްޔާރުކޮށްލަން ފަސޭހަ އޯރިއޯ ޕައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އޯރިއޯއަކީ ފޮނި ކާތަކެތި ހެދުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ ބިސްކޯދެކެވެ. އޯރިއޯއިން ތަފާތު އެކި އެކި ޕުޑިންތަކާއި ކޭކުތައް އަޅައެވެ. އެގޮތުން މި ފަހަރު މި ގެނެސްދެނީ އޯރިއޯ ޕައި އެކެވެ. މި ޕައި ހާއްސަވާ ސަބަބަކީ މިފަހަރު ގެނެސްދޭ އޯރިއޯ ޕައި އަކީ ތިން ލޭޔަރގެ ޕައިއަކަށް ވުމެވެ.

Ads by Sosun Fihaara

ބޭނުންވާ ތަކެތި:

32 އޯރިޔޯ ބިސްކޯދު (ދެބައިކޮށްފައި)
1/2 ޖޯޑު ބަޓަރ
2 ޖޯޑު ކިރު (ފިނިކޮށްފައި)
2 އިންސްޓެންޓް ޗޮކްލެޓު ޕްޑިންގ ޕެކެޓު
1 ދަޅު ކޫލް ވިޕް

ތައްޔާރު ކުރާނެ ގޮތް:
އޯރިއޯ ބިސްކޯދުތައް މުގުރާފައި ބަޓަރާއި އެއްކުރާށެވެ. ދެން ޓްރޭގެ ފުލުގައި ރީތިކޮށް ފަތުރާލާށެވެ.

ދެން ވަކިން ތައްޓަކަށް ކިރާއި ޕްޑިންގ މިކްސް އަޅާ 2 މިނެޓް ވަންދެން ގިރާލާށެވެ. ރަނގަޅަށް އެއްވުމުން އޯރިއޯތަކުގެ މައްޗަށް އަޅާ ފަތުރާލާށެވެ. ދެން ވިޕިން ކްރީމް މައްޗަށް އަޅާ ބާކީހުރި އޯރިޔޯތައް ވިޕިންކްރީމްގެ މަތީގައި އަތުރާލާށެވެ. ނުވަތަ ސާވްކޮށްލުމަށް ޕައިގައި ސްޓޯބެރީ ވެސް އަތުރާލެވިދާނެއެވެ. މި ޕައި 4 ގަޑިއިރު ފިނިކޮށްލުމުން ތައްޔާރުވީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!