ޚަބަރު

ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ޢުމުރާގެ އަޅުކަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއެކު އުމްރާގެ އަޅުކަން ފަށައިފިއެވެ.

Ads by STELCO

ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމުރާއާ ބެހޭ ވުޒާރާއިން ބުނީ މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ޢުމުރާވެރިންނަށް އަދާ ކުރެވޭނީ އެންމެ ޢުމުރާއެއް ކަމަށެވެ.

ސައުދީ ސަރުކާރުން ވިދާޅުވީ ނަމާދުގެ ޖަމާޢަތް ކުރިއަށް ގެންދާނީ ކޯވިޑް-19ން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ. ދެ މިސްކިތުގައި ރޯދަ ވިއްލުމަށް ސުފުރާ ނުހަދާނެ ކަމަށާއި އިޢުތިކާފުގައި ނުތިބެވޭނެކަމަށް ވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

އަދި ކޮންމެ ދެމީހެއްގެ ދެމެދުގައި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަށް މަޖުބޫރުކުރުން ފަދަ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

ރަމަޟާން މަހުގެ ތެރޭގައި މަސްޖިދުލް ޙަރާމުގައި ފަރުޟު ފަސް ނަމާދު ކުރުމަށް ތަކުރާރުކޮށް ހުއްދައަށް އެދެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ ހުއްދަ ދޫކުރާނީ އެންމެ ދުވަހެއްގެ މުއްދަތަކަށް ކަމަށާއި ހުއްދައިގެ މުއްދަތު ހަމަވުމުން އެހެން ދުވަހަކު ވެސް އަލުން ހުއްދައަށް އެދެވިދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!