ރެސިޕީ

ދެން ރެސިޕީ | ޕެޝަން ޓްރޮޕިކަލް ސްމޫތީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރޯދަ ވީއްލާ ވަގުތާއި ތަރާވީސް ދަމަކީ، ގޭގެ މޭޒުމަތި ވަރަށް ތިޔާގި ވަގުތެކެވެ. މިފަދަ ވަގުތެއްގައި މެޔަށް އަރާމު ލިއްބައިދޭ ފަދަ، ސިއްހަތަށް ފައިދާހުރި ބުއިމެއް ތައްޔާރު ކޮށްލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފެޝަން ޓްރޮޕިކަލް ސްމޫތީއަކީ ވެސް ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު ބުއިމެކެވެ.

Ads by Sosun Fihaara

ބޭނުންވާ ތަކެތި: 

  • 5 ފެޝަން ފްރުޓް
  • 1 އަނބު (ތޮށި މަށާފައި ކުދިކޮށް ކޮށާފައި)
  • 2/1 2 ޖޯޑު ސްކިމް މިލްކް
  • 3/1 ޖޯޑު ވެނީލާ ޔޯގަޓް
  • 2 މޭޒުމަތީ ސަމްސާ މާމުއި
  • އައިސް ކިއުބް

ތައްޔާރުކުރާނެ ގޮތް:

އައިސް ކިއުބް ނޫން ހުރިހާ އެއްޗެއް މިކްސަރަށް އެޅުމަށްފަހު ފެޝަން ފްރުޓް އޮށްތައް ރަނގަޅަށް ގިރެންދެން ޖައްސާލާށެވެ. އެއަށްފަހު އައިސް ކިއުބް ކޮޅު އަޅާ، އޮމާން ވެލަންދެން މިކްސަރު އަނެއްކާވެސް ޖައްސާށެވެ. އޭރުން ފެޝަން ފުރުޓު ސްމޫތީ އެހެރީ ތައްޔާރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!