ރެސިޕީ

ދެން ރެސިޕީ | ޗިކަން ޗީޒް ބޯލްސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޗިކަން ޗީޒް ބޯލްސްއަކީ ކުޑަކުދިންނަށް ވެސް ވަރަށް ކަމުދާނެ ހެދިކާއެކެވެ. މި ރެސިޕީގެ އެންމެ ހާއްސަ ކަމަކީ މި ރެސިޕީގައި ޗިކަލް ޗީޒް ބޯލްސް ތައްޔާރުކުރާނީ ފިހެގެން ކަމެވެ. އެއާއެކު މިއީ ރޯދަ ވީއްލާ ގަޑީގައި ވެސް ކާލެވޭ، ސިއްހަތާ ރައްޓެހި ހެދިކާއަކަށް ވެގެންދާނެއެވެ.

Ads by Sosun Fihaara

ބޭނުންވާތަކެތި:

  • 250ގ. ފެނު ކެއްކި ކުކުޅު
  • 1 ބިސް
  • 2 މޭޒުމަތީ ސަމްސާ ފުށް
  • 1/8 ސައި ސަމްސާ އަސޭ މިރުސް
  • 1/4 ޖޯޑު މޮޒަރެއްލާ
  • 1/2 ސައި ސަމްސާ އޮރިގާނޯ
  • 1 ޖޯޑު ފާރޮށި ކުނޑި
  • 1 މޭޒުމަތީ ސަމްސާ މަޔޯ
  • ލޮނު (ރަހަ ލާ ވަރަށް)

ތައްޔާރުކޮށްލާނެ ގޮތް:

އުލެއް ބޭނުން ކޮށްގެން ކައްކާފައި ހުރި ކުކުޅު ކޮޅު ކުދި ކުރާށެވެ. ބޭނުން ނަމަ މިކްސަރު ވެސް ބޭނުން ކުރެވިދާނެއެވެ. ކުކުޅު ކޮޅު ހިމުންވުމުން، ބިސް، އަސޭ މިރުސް، އޮރިގާނޯ، ލޮނު، ފުށް، މަޔޯ، އަދި މޮޒަރެއްލާ ޗީޒްކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ބާވަތްތައް ރަނގަޅަށް އެއްވުމުން އޭގެއިން ކުދި ގުޅަ ހަދައި ފާރޮށި ކުނޑި ހާކާށެވެ. އެއަށް ފަހު ރަން ކުލަ އަރަންދެން އަވަނުން ފިހެލާށެވެ. ބޭނުން ނަމަ ތެލުލައިގެން ވެސް ކެވިދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!